logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހުކުރުހުތުބާގެ އިނގިރޭސި ތަރުޖަމާ ޝާއިއުކުރަން ފަށައިފި

ހުކުރު ޚުތުބާ، އިނގިރޭސިބަހަށް ތަރުޖަމާކޮށް، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހުކުރު ހުތުބާ އިނގިރޭސިބަހަށް ތަރުޖަމާ ކުރުމަކީ ދީނީ މައުލޫމާތު ފަތުރައި، އިސްލާމްދީނަށް ލޯބި ޖައްސަން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އިސްލާމީ ދައުވަތު ފަތުރަން އެ މިނިސްޓްރީން ކުރާ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"…ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ،" އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިއުމެއްގައި ބުންޏެވެ.

ރާއްޖޭގައި ގިނަ އަދެއްގެ ބޭރުމީހުން މަސައްކަތްކުރާ އިރު އޭގެ ތެރޭގައި އެންމެ ގިނައިން އަށްޓެރި ބަންގްލަދޭޝާއި އިންޑިއާއާއި ސްރީލަންކާގެ ރައްޔިތުންނެވެ. އެހެން ނަމަވެް ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ރިސޯޓްތަކުގައި އެެހެން ގިނަ ގައުމުތަކެއްގެ މީހުން ވެސް މަދު އަދަދަކަށް މަސައްްކަތް ކުރެ އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ދޭ ހުކުރު ހުތުބާ ތަކަކީ އިސްލާމިކް މިނިސްޓްރީން ލިޔެ ތައްޔާރުކޮށްފައި އިމާމުންނަށް ދިނުމުން ކިޔާ ޚުތުބާތަކެކެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތިބި ނަމަވެސް އަމިއްލަފުޅު ހުތުބާއެއް ކިއުމުގެ ހުއްދަ އޮންނަނީ ވަރަށް މަދު ބޭފުޅުންކޮޅަކަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *