logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން. ފޮޓޯ:އެޗްޑީސީ

ބަރުއުޅަނދުތައް ޕާކްކުރާނެ ޖާގަ ހުޅުމާލޭން ކުއްޔަށް ދެނީ

މުދާއުފުއްލާ ބަރު އުޅަނދުފަހަރުތަކަށް ޕާކު ކުރާނެ ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުވާލައިފި އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ޕެއިޑް ޕާކިންޒޯނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 19 ޖާގަ ކަމަށާއި އެ ޖާގަތައް ދޫކުރާނީ ބީލަމުގައި އެންމެ މަތީ އަގު ހުށައަޅާ ފަރާތްތަކަށް ކަމަށެވެ.

އެއިއުލާނުގައިވާ ގޮތުން ބަރު އުޅަނދު ޕާކްކުރާ ޖާގަތަކަށް ކުރިމަތި ލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރި ތަކަށް އެކަންޏެވެ. އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަކީ ހުޅުމާލެ ސިނާއީ ސަރަހައްދުގައި ވޭތުވެދިޔަ ތިން އަހަރު މަސައްކަތް ކޮށްފައިވާ ފަރާތަކަށްވާން ޖެހޭނެކަމަށް ވެސް އެއިއުލާނުގައި ވެ އެވެ. އެޖާގަތައް ކުއްޔަށް ދޫކުރާނީ ދެ އަހަރު ދުވަހަށެވެ.

ޕާކިން ޖާގަތަކަށް ބިޑްކުރަން ފަށާ ރޭޓަކީ ޖާގައަކަށް 12.01ރ (ބާރަ ރުފިޔާ، އެއް ލާރި) އެވެ.

ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކުތެރޭގައި ހިމެނެނީ

  • 20 ފޫޓު ޓްރެއިލާގެ 2 ޖާގަ
  • 40 ފޫޓު ޓްރެއިލާގެ 3 ޖާގަ
  • ޑަމްޕް ޓްރަކް / ލޮރީ( 10 ޓަނު-30 ޓަނު) 10 ޖާގަ
  • ކްރޭން ގެ 4 ޖާގަ

ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޒޯނަށް ކުރިމަތިލާ ފަރާތްތަކުގެ ބީލަން ހުށއެޅުން އަދި އެ ބީލަންތައް ހުޅުވުން އޮންނާނީ މިމަހު 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގައި އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގެ ގްރައުންޑް ފްލޯގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *