logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ހެއްކާ ބެހޭ ގާނޫނުގެ ބިލު ތަސްދީގު ނުކުރަން ގޮވާލައި ނޫސްވެރިން ރައީސަށް ހުށަހެޅި ޕެޓިޝަން. ހެއްކާ ބެހޭ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށާފައި

ނޫސްވެރިންގެ ކަންބޮޑުވުން އޮތް ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި

ނޫސްވެެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަކުރުމުގެ ބާރު ލިބޭ މާއްދާއެެއް އޮންނާތީ ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ، ހެއްކާ ބެހޭ ގާނޫަނށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ގާނޫނުގަައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީކުރާތާ ހަމަސް ފަހުންނެވެ. އެ މުއްދަތު ހަމަވެ، އެގާނޫނަށް އަމަލުކުރަން ފެށީ މިއަދު އެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ރާއްޖޭގައި އަމަލުކުރަމުން އައީ މީގެ 50 އަހަރު ކުރިން ހަދާފައި އޮތް ގާނޫނަކަށެވެ.

ހެއްކާ ބެހޭ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އައީ އެމީހުން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން އެންގޭނެ ހާލަތްތަކެއް އެ ބިލުގައި ހިމަނާފައި އޮތުމުންނެވެ. އެ ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި މަސްދަރު ހާމަކުރުމުގެ އަމުރަކަށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކޯޓުގައި އެދިއްޖެ ނަމަ ފަނޑިޔާރުންނަށް އެ އަމުރު ނެރެދެވޭނެ އެވެ.

އެ ބިލުފާސްކުރުމުން ، ތަަސްދީގުނުކުރަން ވެސް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮަވައިލި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުން އޮތް މާއްދާއަށް ބަދަލެއް ގެންނަން ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަަޅައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *