logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Nasheed
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ. މަޑަވެލީގައި މިއަދު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނުވިދާޅުވީ ވަޒީރުންނާ މެދު ޝަކުވާއެއް ނެތްކަމަށް

އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާ މެދު ނަޝީދުގެ ޝަކުވާއެއް ނެތް!

އެމްޑީޕީގެ މެނިފެސްޓޯގެ ބަދަލުގައި ސަރުކާރުން ތަންފީޒުކުރަމުން ގެންދަނީ އިއްތިހާދުގެ މެނިފެސްޓޯ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ދައުލަތުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭންކުރައްވަން ގދ. މަޑަވެލީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އޮތް ގޮތަށް ކުރިއަށް ގެންދަން ވަޒީރުން މަސަައްކަތް ކުރެއްވި ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީތަކުގެ މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތްތައް ގެންދަން ބާރު އަޅުއްވަމުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމުގައި އަޅުގަނޑުމެންގެ ވަޒީރު ބޭފުޅުންނަކަށް ޝަކުވާއެއް ނެތް. އެބޭފުޅުން އިންތިހާއަށް އެދިވަޑައިގެންނެވި މި އެމްޑީޕީގެ މެނިފެސްޓޯ އޮތް ގޮތަށް ކުރިއަށް ގެންދަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުަގައި އޭގެ ހެއްކަކީ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެވެ. ރާއްޖޭގެ އެތެރެވަރިން ފެށިގެން 100 މޭލު ބޭރުގައި އޯފްޝޯ ޕްލެޓްފޯމްތައް ގާއިމްކުރުމަކީ އެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި އޮތް ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރާނެ ކުންފުނިތައް އެބަ ތިބި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ސަރުކާރުން، އެ މެނިފެސްޓޯގައި އޮވެ، އަދި ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް އެކަން ކުރާނެ ކަމަށް އޮވެ، މިއޮތީ އެކަން ނުކޮށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ ގޮތުން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން، އޯފްޝޯ ޕްލެޓްފޯމް އަޅުމުގެ ފުރުަސަތު އޮތީ ކިހާވަރަކަށްތޯ ބެލުމުގެ މަސައްކަތް ކުރަން އޮތީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރެވެ. އެ ދެ އަހަރުގެ ތެރެއިން 2020 ވަނަ އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރާއްޖެއާއި އެހެން ގިނަ ގައުމުތަކެއްގެ ވެސް ބޯޑަރުތައް ބަންދުކޮށް، ދުނިޔޭގެ އިގުތިސާދު ގާތްގަނޑަކަށް ހުއްޓިފައި އޮތް އަހަރެކެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލީ 2021 ވަނަ އަހަރުގެ ވަކި ހިސާބަކުންނެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ބޮޑުކަންނެލީގެ އަގު ރާއްޖޭގައި އުފުލިގެން ނުދިޔައީ އެ މަސައްކަތް ނުކޮށްގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *