logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024
ފްރެންޑްސް މާޓުގެ ފުރަތަމަ ޤުރުއާމް މުބާރާތުން ވަނަވަނައަށް ދިޔަ ކުދިން ފޮޓޯއަކަށް ހުއްޓެނީ

ތ. މަޑިފުށީ ފްރެންޑްސް މާޓް ޤުރުއާން މުބާރާތް މިފަހަރުވެސް މުޅި ރާއްޖެއަށް!

ތ. މަޑިފުށީ ގައި އެރަށުގެ ވިޔަފާރިއެއް ކަމަށްވާ "ފްރެންޑްސް މާޓް" އިން އަންނަ ރޯދަ މަހު ބާއްވާ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މިފަހަރުވެސް މުޅި ރާއްޖެއަށް ހުޅުވާލައިފި އެވެ.

ފްރެންޑްސް މާޓުން ބުނީ އަންނަ ރަމަޟާން މަހު ބާއްވާ އެ މުބާރާތް ކުރިއަށް ގެންދާނީ ނުވަ އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ. ބަލައިގެން ކިއުމާއި ހިތުން ކިއުމުގެ ބައި ވެސް އޮންނާނެ އެވެ. އެކި ޤިރާއަތްތަކަށް ޤުރުއާން ކިޔެވުމުގެ ބައެއް ވެސް އޭގެ އިތުރުން އެ މުބާރާތުގައި އޮންނާނެ އެވެ.

ފްރެންޑްސް މާޓުން ބުނި ގޮތުގައި ޤުރުއާން މުބާރާތް ކުރިއަށް ދާއިރު ކޮންމެ ދަންފަޅި އެއްގައިވެސް ޤުރްއާނުގެ ޢިލްމާއި ބެހޭގޮތުން 30 މިނިޓްގެ ފޯރަމެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެފޯރަމްގައި މުބާރާތުގެ ބައިވެރިންގެ އިތުރުން އެހެން ހުރިހާ ފަރާތްތަކަކަށްވެސް ފޯރަމްގައި ބައިވެރި ވެވޭނެކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

  1.  ފޯރަމްގައި މައުލާމާތު ދޭނެ ބަައިތަކަކީ:
    1. ޤުރްއާން އުނގެނުމާއި އުނގަންނައި ދިނުމަށް މުދައްރިސުންނާއި މައިންބަފައިން ސަމާލުކަން ދޭންޖެހޭ ކަންތައްތައް.
    2. ޤާރީން ޤުރްއާން ކިޔެވުމުގައި ބޭނުންކޮށްފައި ހުންނަ ޙިކުމަތްތައް.
    3. ތަޖުވީދު އުނގަންނައިދިނުމާއި އުނގެނޭނޭގޮތް.
    4. ޢިލްމުލްމަޤާމާތުގެ މަޢުލޫމާތު.
    މި ފޯރަމް ކުރިއަށް ދާއިރު ބައިވެރިން ސުވާލުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސަ ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ޓަކައި ފޯމް ހުށައައެޅޭނީ ހަމަ އެކަނި އޮންލައިންކޮށެވެ.ފޯމުގެ ލިންކް ފްރެންޑްސް މާޓުގެ ފޭސްބުކް ޕޭޖް އަަދި ވައިބާ ގްރޫޕުން ވެސް ލިބޭނެ ކަމަށް ވެސް އެފިހާރައިން  ބުންޏެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ރަމަޟާން 1444 (15 އޭޕްރީލް 2023) ވާ ހޮނިހިރު ދުވަހު މަޑިފުށީގައެވެ. މީއީ މި މުބާރާތް ބާއްވާ ދެވަނަ ވަނަ އަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *