logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ތިލަދުންމަތިން ތިން ރަށެއް ޓޫރިޒަމަށް ހުޅުވައިލަނީ

ރާއްްޖޭގެ އުތުރު ސަރަހައްދުގައި 8،000 ޓޫރިސްޓް ބެޑް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސަައްކަތުގެ ދަށުން ތިލަދުންމަތީގެ ތިން ރަށެއް ޓޫރިޒަމަށް ހުޅުވައިލަން ތައްޔާރުވަމުން އަންނަ ކަަމަށް ސަރުކާރުން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ބުނީ ތިލަދުންމަތިން ޓޫރިޒަމަށް ދޫކުރާ ތިން ރަށަށް ބިޑްކުރަން އަންނަ ހަފުތާގައި ހުޅުވައިލާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންކޮން ރަށްތަކެއް ކަމެއް އެ މިނިސްްޓްރީން އަދި ހާމައެއް ނުކުރެ އެވެ. ތިލަދުންމަތީގައި 8،0000 ޓޫރިސްޓް ބެޑް ގާއިމްކުރަން ޖެހެނީ ސަރުކާރުން ބުނަމުން އަންނަ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓް ރަނގަޅަށް ހިންގުމަށް ޓަކަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރަން އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކުން ހިންގާ މަޝްރޫއު ފެށީ މިދިޔަ ބުދަދުވަހު އެވެ. އެ މަޝްރޫއު ފަށަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވީ ތިލަދުންމަތިން މިހާރު ޓޫރިޒަމަށް ދޫކޮށްފައިވާ ބައެއް ރަށްތައް އަދިވެސް ނުހެދި ހުރީ އެ ސަަރަހައްދަށް ޓޫރިސްޓުން އުފުލަން އުނދަގޫވީމާ ކަމަށެވެ. އެކަން ހަމަޖައްސަން ރިސްކްނަގާނީ ކާކުތޯ ސުވާލު އުފެދުނުކަމަށާއި ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ އެ ރިސްކް ނަންގަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެއްޓެވި މަޝްރޫއެއް ކަމަށެވެ.

"އެ ރިސްކު ނަގަން ޖެހޭނީ ސަރުކާރުން. ސަރުކާރުން ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އެކަން ކުރަން ޖެހެނީ މި އަށްހާސް [ޓޫރިސްޓް] އެނދުވެސް މިތާ [އުތުރުގެ އަތޮޅުތަކުގައި] ހެދުމަށް ޓަކައި. އެހެންވީމާ އެކަން ރައީސުލް ޖުމްހޫރިއްޔާ މިވަނީ ކުރައްވާފައި،" ފައްޔާޒް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ކުރިން ވިދާޅުވެފައިވާ ގޮތުގައި އުތުރު ސަރަހައްދުގައި 8،000 ޓޫރިސްޓް އެނދު ހަމަކުރާނީ ރިސޯޓްތަކުގެ އިތުރުން މީހުން އުޅޭ ރަށްރަށުގައި ހަދާ ގެސްޓްހައުސްތައްް ވެސް ހިމެނޭ ގޮތުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *