logo minivan

English

ހޮނިހިރު, 27 ޖުލައި 2024
NDA
އެންޑީއޭއިން މިއަދު ބޭޢްވި މީޑިއާ ބްރީފިންގައި އެ ޖެންސީގެ ސީއީއޯ އިމާދު ސޯލިހު އަދި ބޯޑުގެ ޗެއާމަން ސަމާއު ޝަރީފު ވާހަކަދައްކަވަނީ.

މިއަހަރު ތެރޭގައި 5 ސަރަަހައްދެއްގައި ޑްރަގް ރިހިބިލިޓޭޝަން ފަށާނަން: އެންޑީއޭ

މަސްތުވާތަކެތިން މީހުން ދުރުކުރުމަށް ހިންގާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިއަހަރު ފަށާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއޭއިން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ އެޖެންސީގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ ފަސް ސަރަހައްދެއްގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަށާނީ ހޮސްޕިޓަލްަކާއި ހެލްތުސެންޓަރުތަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފުރަތަމަ ޕްރޮގްރާމް މިމަހުގެ 26 ވަނަ ދުވަހު ކުޅުދުއްފުށީގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

"ކޮމިއުނިޓީ ބޭސްޑް ފަރުވާގެ ނިޒާމަކީ މިހާރު އަޅުގަނޑުމެން ވަަރަށް ބޮޑަށް، އަތޮޅުތެރޭގައި ސިއްހީ ދާއިރާއާ ގުޅިގެން، ސިއްހީމަރުކަޒުތަކާ އަދި ހޮސްޕިޓަލްތަކާ ގުޅިގެން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮގްރާމެއް. އެހެންވީމާ މިއަހަރުގެ ތެރޭގައި ހާއްސަ ފަސް ސަރަހައްދެއްގައި މި ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާނެ،" އިމާދު ވިދާޅުވި އެވެ.

އޭގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށީގައި ފެށުމަށް ޓަކައި އެންޑީއޭގެ ހަ މުވައްޒަފަކު މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މުވައްޒަފުން ކުރަމުން އަންނަ ކަަމަކީ ފަރުވާއަށް އެދޭ މީހުންގެ އެސެސްމެންޓް ހެދުމާއި އެހެނިހެން ތައްޔާރީތައް ކުރުމުގެ މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންޑީއޭއިން މަސައްކަތްކުރަމުން އަންނަނީ މަސްތުވާތަކެތިން މީހުން ސަލާމަތްކުރަންދޭ ފަރުވާގެ ނިޒާމު ފުޅާކުރުމަށެވެ.

"ކްލަޔަންޓުންގެ ވެއިޓްލިސްޓް ކުޑަކުރުމަށް ޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެންޑީއޭގެ ބޯޑުގެ ޗެެއާމަން ސަމާއު ޝަރީފު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާ މީހުންނަށް ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ދޭން ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުންނަށް އެކަމުގެ ތަމްރީނެއް މިހާރު ވެސް ދީފައިވާ ކަމަށެވެ. އެ ތަމްރީނު ދިނީ އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީތެރިިކަމާ އެކުގަ އެވެ.

މަސްތުވާތަކެތީގެ މީހުންނަށް ފަރުވާ ދިނުމުގައި އަމަލުކުރާނެ "ކްލިނިކަލް ޕްރެކްޓިސް ގައިޑްލައިނެއް" ވެސް މިހާރު އެކުލަވާލައިފާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންޑީއޭއިން އިސްނަގައިގެން، ޑަބްލިއުއެޗްއޯގެ އެހީގައި ތައްޔާރުކުރެވުުނު ކްލިނިކަލް ޕްރެކްޓިސް ގައިޑްލައިނެއް [މިހާރު އޮންނާނެ]. މިއީ މިރާއްޖޭގައި އަލަށް ޑިވެލޮޕްކުރެވުނު މިޒާތުގެ ގައިޑްލައިން ޑޮކިއުމެންޓް،" ސަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ކުރިމަތިވާ ވިތުޑްރޯވަލް މައްސަލަ [މަސްތުވާތަކެތި ނުލިބުމުން ވާ ގޮތްތައް] މެނޭޖްކުރާނެ ގޮތާއި މީހަކު އޯވަޑޯޒްވެއްޖެ ނަމަ އަމަލުކުރާނެ ގޮތްތައް ވެސް އެ ގައިޑްލައިނުގައި އޮންނާނެ އެވެ. ފަރުވާ ދިނުމުގައި ހަރަކާތްތެރިވާނެ ބޭފުޅުންނަށް އެ ގައިޑްލައިން މިހާރު ވާނީ ދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަލުން ދަސްކުރާކަށް ވެސް ނުޖެހޭނެ. މިއޮތީ ރިފާކުރާނެ ޑޮކިއުމެންޓެއްް. އެހެންވީމާ ހެލްތު ސިސްޓަމްގައި ތިއްބަވާ މެޑިކަލް ޕްރޮފެޝަނަލުންނަށް ހާއްސަކޮށް، މި ޑޮކިއުމެންޓާ އެއްކޮށް ހިދުމަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްދެވޭނެ،" ސަމާއު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މީހުންނަށް ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ދިނުމުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ފުރަތަމަ ފެށި ނަމަވެސް އެ ހިދުމަތް މުޅި ރާއްޖޭގައި ވެސް ދާދި އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކިހާދުވަހަކުން ކިހާވަރެއް ކައިގެންތޯ ތިޔަވިދާޅުވާ ކަމެއް ކުރެވޭނީ.. އަދު ގައުމުގައި އާ ބާވަތެއްގެ މަސްތެއްވަނީ އާންމުވެފައެވެ. ފަހަކާޖެހެންދެން އެއްބަދަރު އެއްއެއާރޕޯޓު އޮތީ.. ގައުމުގެ ޖީލެއް މިކަމުގައި ޖެހި އަސަރުނުކުރާ އާއިލާއެއްނެއް.. ބޮޑެތި މަގާމުތަކާއި ޖީބުބާރުވާވަރުގެ މުސާރަ ނަންގަވާގެން ކުރީ ކުރެވުނީ ރަގަޅު ކުރީ ކިތައްމީހުންތޯ.. ނަތީޖާ 0 އެވެ.. އިހްލާސްތެރިކަމާ އަޅާލުން ބޭނުންވަނީ މިކަން ރަގަޅުކުރަން.. ޕްލޭން އިގޭ އަޅުގަޑަށް ފުރުސަތުބޭނުމީ.. ދޭނަންތޯ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *