logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭނަށް ރަށަށް ވަޑައިގެންނެވުމުން ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔަނީ. ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގެ ފަހު ޖަލްސާބާއްވާނީ އައްޑޫގައި

އެމްޑީޕީ ޕްރައިމަރީ: ރައީސްގެ ކެމްޕޭން ނިންމާ ޖަލްސާ އައްޑޫގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭންގެ އެންމެ ފަހު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

ރައީސްގެ ކެމްޕޭންޓީމުން ބުނި ގޮތުަގައި އެ ޖަލްސާ ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ހިތަދޫ ބާޒާރުމަތީ ސަރަހައްދުގަ އެވެ. އެ ޖަލްސާ ފަށާނީ އެރޭ 8:30 ގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ރައީސް މިހައިތަނަށް ރާއްޖޭގެ ގިނަ އަތޮޅުތަކަަށް ވަޑައިގެންނެވި އިރު، އައްޑުއަށް ވެސް އެމަނިކުފާނު އެއްފަހަރު ވަޑައިގެންނެވި އެވެ.  އެގޮތުން އެމަނިކުފާނު މިއަދު ވަޑައިގެންނެވީ މާލެއަތޮޅުގެ ބައެއް ރަށްތަކަށެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 57،000 އަށް ވުރެ ގިނަ މީހުން ތިބި އިރު، މާލެ ފިޔަވައި އެންމެ ގިނަ މީހުން ތިބީ އައްޑޫގަ އެވެ.

އެމްޑީޕީން ކުރިން އިއުލާނުކޮށްފައިވާ ގޮތުގައި އެޕާޓީގެ ޕްރައިމރީގައި މިފަހަރު 243 ވޯޓުފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި 49 ފޮށި އަދި އެހެން ރަށްތަކުގައި 194 ފޮށްޓެވެ. މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓުފޮށިތައް ހުންނާނީ އެމްޑީޕީން ބުނި ގޮތުގައި ސީއެޗްއެސްސީ، އަމީނިއްޔާ ސްކޫލް، އެމްއެންޔޫ، އިސްކަންދަރު ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، މާފަންނު މަދަރުސާ، ތާޖުއްދީން ސްކޫލް އަދި އިއްޒުއްދީން ސްކޫލް، ރެހެންދި ސްކޫލް، ކަލާފާނު ސްކޫލް އަދި ވިލިމާލޭ މުހިއްދީން ސްކޫލްގައެވެ. އެހެން ރަށްރަށުގައި ބަހައްޓާ ވޯޓުފޮށިތައް ހުންނާނީ އެރަށްރަށުގެ ސްކޫލްގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *