logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
ނޭޕާލަށް އައި ބިންހެލުމުގައި ގެއެއް ވެއްޓިފައި

ނޭޕާލަށް ބިން ހެލުމެއް އަތުވެއްޖެ

ނޭޕާލަށް 5.9 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

ނޭޝަނަލް އާތްކުއޭކް މޮނިޓަރިން އެންޑް ރިސާޗް ސެންޓަރުގެ ރާޖޭޝް ޝަރުމާ ވިދާޅުވީ ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރު ފަހު ނޭޕަލު ގަޑިން 2:43 ހާއިރު ކަމަށާއި ބިންހެލުން އައިސްފައިވަނީ ބަޖުރާ ޑިސްޓްރިކްޓްގެ މައުލާ ކައިރީގައި ކަމަށެވެ.

ބިންހެލުމުގެ ލޮޅުމުގެ އަސަަރު ކަތަމަންޑޫ، ޕޮކަރާ އަދި ބައިރަހަވާގެ އިތުރުން އިންޑިއާގެ ވެރިރަށް ދިއްލީއަށް ވެސް ވަނީ އިހުސާސްވެފައެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް އިހުސާސް ކުރެވުނީ އެ ސަރަހައްދުގެ ފަރުބަދަމަތީ ޑިސްޓްރިކްޓްތަކަށެވެ. ބިންހެލުމާ އެކު މީހުން ވަނީ ގެއިން ބޭރަށް ނުކުމެފައެވެ. އެހެންވެ އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް މިހާތަނަށް ކޮށްފައެއް ނުވެއެވެ.

ބިންހެލުމާ ގުޅިގެން މިހާތަނަށް އެއް ގެއެއް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑީއެސްޕީ ސޫރިޔާ ތާޕާ ވިދާޅުވީ ބަޖޫރާގެ ބަޑިމަލިކާ މުނިސިޕަލްޓީ ކައިރީގައި ހުރި ގެއެއް ވެއްޓިފައިވާ ކަމަށެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނޭޕާލްގެ ހުޅަނގު އުތުރުގެ ޑޯޓީ ޑިސްޓްރިކްޓަށް އައި 6.6 މެގްނިޓިއުޑްގެ ބިންހެލުމުގައި ހަ މީހަކު ވަނީ މަރުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *