logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ 53.9 ޕަސެންޓް އިތުރުވި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ އާމްދަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 53.9 ޕަސެންޓުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 5.36 ބިލިޔަން ރުފިޔާ ދައުލަތަށް ލިބުނެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަަޅާ ބަލާއިރު 25.1 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އެއީ އެކުއާޓަރުގައި ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ 53.9 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ކުރީ އަހަރުގެ އެއް މުއްދަތުގައި ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު 2.7 ޕަސެންޓުން އިތުރުވުމެވެ. އެހެންވެ ޓޫރިޒަމާ ގުޅުންހުރި ދާއިރާތަކުން ދައުލަތަށް ދެއްކި ޓެކުހާއި ފީ އިތުރުވީ އެވެ.  މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓެކްސްގެ ގޮތުގައި 3.24 ބިލިޔަން ރުފިޔާ ލިބުނެވެ. އެހެނިހެން ގޮތް ގޮތުން (ކުއްޔާއި ފީ)ގެ ގޮތުގައި ލިބުނީ 2.11 ބިލިޔަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުުނު އާމްދަނީ އޭގެ ކުރީ އަހަރުގެ (2021) ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު އިތުރުވީ 7.7 ޕަސެންޓުންނެވެ. ޓެކުހުގެ އިތުރުން އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އަދަދަށް ވުރެ އިތުރެވެ. އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރަށް ވުރެ އިތުރުވީ 884.3 މިލިޔަން ރުފިޔާ އިންނެވެ.

ޓެކްސް ފިޔަވައި އެހެން ގޮތް ގޮތުން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރިސޯޓްތައް ހިންގަން ދޫކޮށްފައިވާ ރަށްތަކުގެ މުއްދަތު އިތުރުކުރުމާއި އެ ތަންތަނުން ފީ ނެގުުމުގެ އުސޫލަށް ގެނައި ބަދަލުތަކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިތުރުވި އަނެއް އާމްދަނީ އަކީ އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖްގެ ގޮތުގައި ނަގާ ފީގެ ގޮތައި ލިބުނު އާމްދަނީ އެވެ. އެއީ އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް މިދިޔަ އަހަރު ބޮޑުކުރުމުގެ ސަބަބުން އައި އިތުރުވުމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *