logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ގއ. ވިލިނގިލިގެ އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ އަޅަން ފެނަކައާ ހަވާލުކޮށްފި

ގއ. ވިލިނގިލީގައި އަލަށް މީހުން އާބާދުވީ ސަރަހައްދާއި އެރަށުގެ ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ފެނަކައާ ހަވާލު ކުރީ 43.8 މިލިއަން ރުފިޔާގެ އަގަކަށް،  480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.  ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ފެނަކައިން ވަނީ ރާއްޖޭގެ ގިނަ ރަށް ތަކެއްގައި ނަރުދަމާ ނިޒާމް ގާއިމް ކޮށްފައެވެ. ބައެއް ރަށް ތަކުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަނަކަ އިން މިހާރުވެސް އަންނަނީ ކުރަމުންނެވެ. ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގަި ފެނާއި ނަރުދަމާ ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *