logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވޯޓުލާ މަެރުކަޒެއްގައި ބަޔަކާ ވާހަކަދައްކަވަނީ. ލިސްޓްގައި ނަން ނެތް މީހަކު ވޯޓުލީމަކަށް ބުނާ ފުރަތަމަ މައްސަލަ ނެންގެނީ އޭނާ. ފޮޓޯ: މުހައްމަދު އާދަމް/މިނިވަން

އެމްޑީޕީ ޕްރައިމަރީ: ވޯޓާސް ލިސްޓްގައި ނަން ނެތް ބަޔަކު ވޯޓުލީކަމަށް ބުނާ މައްސަލަތަކެއް!

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާސް ލިސްޓްގައި ނަން ނެތް ބައެއް މީހުން ވޯޓުލާފައިވާ ކަމަށް ބުނާ މައްސަަތަލަތަކެއް ފެންމަތިވެއްޖެ އެވެ.

ވޯޓާސް ލިސްޓްގައި ނަން ނެތި ވޯޓުލީ ކަމަށް ބުނާ އެއް މައްސަލައަކީ ގއ. ވިލިނގިލީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަކަށް މީހަކު ލީ ވޯޓެކެވެ. އެ ފޮށްޓަށް ލިސްޓްގައި ނަން ނެތް މީހަކަށް ވޯޓު ލާން ފުރުސަތު ލިބުނީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވި ގޮތުގައި، އެ ފޮށްޓަށް ވޯޓުލާ މީހުންގެ ލިސްޓްގައި ވޯޓުލީ މީހާގެ ދަރިއެއްގެ ނަން އޮވެފައި، އެ ދެމީހުންގެ ނަން އެއްގޮތް ކަމުން އެރި އޮޅުމަކުންނެވެ.

ގއ. ހޯޑެއްދޫ މީހުން ވޯޓުލާން ބަހައްޓާފައި ހުރި ފޮށްޓަކަށް ވެސް ލިސްޓްގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށް ނަޝީދުގެ ކެމްޕޭނުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައިގައި ހައްލުނުކޮށް ވޯޓުލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވޯޓުލާ މަރުކަޒުގައި އަޑުގަދަ ކުރެއްވި އެވެ.

އިބުރޭ "މިނިވަން"އަށް ވިދާޅުވީ އެ މައްސަލަ ހައްލުކޮށް ތާޖުއްދީނުގައި ހުރި ފޮށްޓަށް ވެސް މިހާރު ވޯޓުލުން ކުރިއަށް ކުރިއަށް ދާ ކަމަށެވެ.

ޖުމްލަ ގޮތެއްގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ އޮމާންކޮށްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ވޯޓުލުން ކުރިއަށް ދަނީ އެހާ އޮމާންކޮށް ނޫން ކަމަށާއި އެހެން ނަމަވެސް ގިނަ މަރުކަޒުތަކުގައި ވޯޓުލުން ކުރިއަށް ދަނީ ރަނގަޅަށް ކަަމަށެވެ.

"ވޯޓުލުން ކުރިއަށް ދަނީ އެހާ ސްމޫތުކޮށެކޭ ނުދެންނެވޭނެ. އެހެން ނަމަވެސް ގިނަ ތަންތަނުގައި ވޯޓުލުމުގެ ކަންތައް ކުރިއަށް ދަނީ ރަނގަޅަށް،" އިބުރޭ ވިދާޅުވި އެވެ.

ގއ. ހޯޑެއްދޫ މީހުން ވޯޓުލާން ބަހައްޓާފައި ހުރި ފޮށްޓަކަށް ވެސް ލިސްޓްގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށް ނަޝީދުގެ ކެމްޕޭނުން ވަނީ ތުހުމަތުކޮށްފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *