logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަފާތަކުން ރައީސް ސޯލިހު ކާމިޔާބުކުރައްވައިފި

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވައިފި އެވެ.

ޕްރައިމަރީގެ ވޯޓު ގުނުމަށް ފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓުން އިއުލާނު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހު މި އިންތިހާބު ކާމިޔާބުކުރެއްވީ 60 ޕަސެންޓަށް ވުރެ ގިނަ ވޯޓާ އެކުގަ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ވާދަވެރި ކެމްޕޭނުގައި މީހުން ބައިވެރިވި ގޮތަށް ބަލާއިރު ނަޝީދު ކާމިޔާބުކުރައްވައިފާނެ ކަމަށް ބެލެވުނު ބައެއް ދާއިރާތަކުގައި ވެސް ބޮޑު ތަފާތަކުން ކުރިހޯއްދެވީ ރައީސް ސޯލިހެވެ. އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި އޭގެ ތެރޭގައި ހިމެނެ އެވެ.

އެމްޑީޕީން އެޕާޓީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް ކުރި ލިބިވަޑައިގެންނެވީ ހަމަ އެކަނި މާލޭގެ ދާއިރާތަކުންނެވެ. މޭލޭން އެމަނިކުފާށް 53 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 47 ޕަސެންޓް ވޯޓެވެ.

އެހެން ހުރިހާ ދާއިރާތަކެއްގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ރައީސް ސޯލިހެވެ. އެގޮތުން އައްޑޫން 54 ޕަސެންޓް، ފުވައްމުލަކުން 53 ޕަސެންޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ.

ނަޝީދަށް ލިބިވަޑައިގެންނެވީ އައްޑޫން 46 ޕަސެންޓް، ފުވައްމުލަކުން 47 ޕަސެންޓް އަދި ހދ. އިން 37 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެއްވިއްޖެ ކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައި ވާއިރު އެކި އެކި ފަރާތްތަކުން މިހާރު އަންނަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ބެހެއްޓި 249 ފޮށީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފޮށި މިހާރު ގުނައި ނިމިފައި ވާއިރު ކުރީގައި އުޅުއްވަނީ ރައީސް ސޯލިހު ކަމަށް ވާތީ މި ނަތީޖާއަށް ދެން މާބޮޑު ބަދަލެއް އަންނާނެ ކަމަކަަށް ނުބެލެވެ އެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލީ ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވޯޓުލުން މެދުކަނޑައިލަން ވެސް ޖެހުނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *