logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހިންނަވަރު މީހުން ވޯޓުލާން މާލޭގައި ބެހެއްޓި ފޮށީގެ ވޯޓުތައް އިރައިލަން މަސައްކަތްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޅ.ހިންނަވަރު ދާއިރާގެ މެމްބަރުން ވޯޓުލާން އިސްކަންދަރު ސްކޫލުގައި ބެހެއްޓި ވޯޓުފޮށީގެ ވޯޓުތައް އިރައިލަން ބަޔަކު މަސައްކަތްކޮށްފި އެވެ.

އިސްކަންދަރު ސްކޫލުގައި އެ ހަމަނުޖެހުން ހިނގި އިރު އެތަނުގައި ހުރި "މިނިވަން"ގެ ނޫސްވެރިއަކު ބުނި ގޮތުގައި ވޯޓު ގުނަން ތައްޔާރުވި ވަގުތު ވޯޓުތައް އިރައިލަން މަސައްކަތްކުރީ ދެމީހެކެވެ. ވޯޓު ގުނުމަށް ޓަކައި މޭޒުމައްޗަށް ވޯޓުކަރުދާސްތައް އޮއްސައިލުމާ އެކު ދެމީހަކު ގޮސް ކަރުދާސްތައް ދަމައިގަނެ އިރައިލަން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އެތަނުގައި ތިބި އިންތިހާބީ އޮފިޝަލުންނާއި ފުލުހުންގެ މަސައްކަތުން އެކަން ހުއްޓުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްކަންދަރު ސްކޫލުގައި ތިބި ފުލުހުން ވަނީ އެ ހަމަނުޖެހުން ވަރަށް އަވަހަށް ކޮންޓްރޯލް ކޮށްފަ އެވެ. އެހެންވެ އެ ފޮށީގެ ވޯޓު ވެސް މިހާރު އަންނަނީ ގުނަމުންނެވެ.

އެމްޑީޕީން މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓުލީ ގިނަ ފޮށިތަކެއްގެ ވޯޓު މިހާރު ގުނައި ނިމިފައި ވާއިރު ކުރީގައި އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިހައިތަނަށް ގުނި ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އެމަނިކުފާނު ވަނީ ވޯޓުގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައި ކާމިޔާބުކުރައްވަައިފަ އެވެ.

މިއަދު ވޯޓުލުން ކުރިއަށް ގެންދިޔަ އިރު ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައިގެން ވޯޓުލުން ވަގުތީ ގޮތުން ހުއްޓައިލަން ވެސް ޖެހުނެވެ. އެގޮތުން ގދ. ތިނަދުއާއި އެެއަތޮޅު ރަތަފަންދުއާއި ގައްދޫގައި ވެސް ހަމަނުޖެހުންތައް ހިނގި އެވެ. ހަމަނުޖެހުން ބޮޑުވި އަނެއް ރަށަކީ ތ.މަޑިފުށްޓެވެ. ގދ. ތިނަދުއާއި ރަތަފަންދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެހެންވާނެ! ހިނދުކޮޅު އަންނަ ކުދިން އެގްރޫޕްގައި ވަރަށް ގިނަވާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *