logo minivan

English

ހޮނިހިރު, 27 ޖުލައި 2024
MDP
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި މީޑިއާބްރީފިން ގައި އެ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވާހަކަދައްކަވަނީ. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

އިއްޔެ ބޭއްވީ މިނިވަން އިންސާފުވެރި އިންތިހާބެއް: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން މުޅި ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީ އަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވާނީ ގެންދިޔައީ ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބާ ބެހޭ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުަހައްމަދު ނަޝީދެވެ. ޕްރައިމަރީގައި ވޯޓުލާން ފެށި ވަގުތު ނަޝީދުގެ ޓީމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ އެމަނިކުފާނުގެ މަންދޫބުން އައުމުގެ ކުރިން ބައެއް ފޮށިތަކަށް ވޯޓުލާން ފެށި ކަމަށް ބުނާ މައްސަލަަ އެކެވެ. އިބުރޭ ވިދާޅުވީ އެއީ ގަވައިދާ އެއްގޮތަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ނަޝީދުގެ މަންދޫބުން ވަޑައިނުގަންނަވާތީ ވޯޓުލާން ނުފަށައި ބައެއް މަރުކަޒުތަކުގެ އޮފިޝަލުން މަޑުކުރިކަން އެނގިވަޑައިގެންނެވުުން ޚުދު އޭނާ ވެސް ވޯޓްލުން ކުރިއަށް ގެންދަން އަންގަވާފައި ވާނެ ކަމަށް އިބުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަނީ އިންތިހާބާ ބެހޭ ގަވައިދަށް އެއީ އަޅުގަނޑުމެން މިކަމާ ހަވާލުވި އިރު އަޅުގަނޑުމެންނަށް ، ފަސް މެމްބަރުންގެ ކޮމިޓީއެއް ގައުމީ މަޖިލީހުން ނަންގަވާފައި ހަވާލުކުރީ ޕާޓީގެ އަސާސީ ގަވައިދާ އިންތިހާބާ ބެހޭ ގަވައިދާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަން. ކެންޑިޑޭޓުން ބުނާ ގޮތަށް ކުރިއަށް ގެންދާކަށް ނޫން. އަޅުގަނޑުމެން ގެންދިޔައީ ގަވައިދުތަކާ އެއްގޮތަށް. އަަޅުގަނޑުމެން ގަބޫލުކުރަނީ އެގޮތަށް. އެހެންވެ މިދަންނަވަނީ ފުރިހަމަ އިންސާފުވެރި މިނިވަން އިންތިހާބެކޭ މި ބޭއްވީ،" އިބުރޭ ވިދާޅުވި އެވެ.

ނަޝީދުގެ މަންދޫބުން ހާޒިރު ނުވަނީސް ވޯޓުލާން ފެށި ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ގަޑިއަށް އައުމަކީ މަންދޫބުގެ ޒިންމާއެއް ކަމަށެވެ. މަންދޫބުން ފޮނުވައިގެން އިންތިހާބުގެ ސައްކަން ބެލުމަކީ އޭނާ ވިދާޅުވި ގޮތުގައި މަންދޫބުން ކުރަން ޖެހޭ ކަމެކެވެ.

"މަންދޫބު އަންނަންދެން ވޯޓުނުލައި އަޅުގަނޑުމެން މަޑެއް ނުކުރާނަން އިނގޭތޯ. އެހެން ހުންނާނެ ހިނގާފައި އެއީ އަޅުގަނޑަށް ހަމަ އެނގިގެން،" އޭނާ ވިދާޅުވި އެެވެ.

އިއްޔެ ވޯޓުލުން ކުރިއަށް ގެންދިޔަ އިރު، ގަވައިދުގައި ނެތް އެތައް ކަމެއް ކުރަން މަންދޫބުން ޑިމާންޑް ކުރި ކަމަށާއި އެހެން ނަމަވެސް އެކަަމަށް އިޖާބަދީފައި ނުވާނެ ކަަމަށް ވެސް އިބުރޭ ވިދާޅުވި އެވެ. ވޯޓާސް ލިސްޓް ވޯޓުލާ މަރުކަޒުގެ ބޭރުގައި ތަތްކުރުމަށް ފަހުގައި ނޫނީ ވޯޓުލާން ނުފެށޭނެ ކަމަށް ބުނެ ކުރި ޑިމާންޑަކީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޑިމާންޑެކެވެ.

"މަންދޫބު އަދި ބޭނުންވާހާ ގޮތަކަށް އަޅުގަނޑުމެން ދުލެއް ނުކުރަން. އަޅުގަނޑުމެން ބަލަނީ އިންތިހާބާ ބެހޭ ގަވައިދަށް،" އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ކާމިޔާބު އިންތިހާބު"

މިއަދުގެ މީޑިއާ ބްރީފިން ފަށްޓަވަމުން އިބުރޭ ވިދާޅުވީ އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީ އަކީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހައިތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އިންތިހާބު ކަމަށެވެ. އެގޮތަށް ދެކެވަޑައިގަންނަވާ ސަބަބައް ކަމަށް އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ސިޔާސީ ޕާޓީއަކުން ބޭއްވި ފުރަތަމަ އިންތިހާބަށް ވާތީ އެވެ.

"އަޅުގަނޑުމެންނަށް [އެމްޑީޕީއަށް] ވެސް މީގެ ކުރީގައި ނެތް އިނގޭތޯ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބަހައްޓައިގެން އިންތިހާބެއް ބޭއްވިފައެއް. އެހެންވީމާ މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ކާމިޔާބެއް،" އިބުރޭ ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވަގުތީ ނަތީޖާ އެދުވަހުން އެދުވަހަށް އިއުލާނުކުރެވުނު ވެސް މިއީ ފުރަތަމަ ފަހަރެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *