logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފިކުރެއްގެ ދިރުމުގެ އިސް ހަރަކާތްތެރިޔާ ތިމަރަފުށީ މުސްތަފާ ރައީސް ސޯލިހު ގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާ ހުށަހަޅައިފި

ފިކުރެއްގެ ދިރުމުގެ އިސް ހަރަކާތް ތެރިޔާ ތިމަރަފުށީ މުސްތަފާ ރައީސް ސޯލިހުގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާ ހުށަހަޅައިފިއެވެ.

ފިކުރެއްގެ ދިރުން ހަރަކާތުުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ތިމަރަފުށީ މުސްތަފާ އޭނާގެ ޓްވިޓާ އެކައުންޓް އިން މިއަދު ކުރި ޓުވީޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓެގު ކުރައްވައި ވަނީ " އިބޫ ސޯލިހު ގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާގެ އިނާމެއްދޭނަން" ކަމަށެވެ.

މުސްތަފާގެ މި ޓްވީޓާ ގުޅިގެން ގިނަ ރައްޔިތުންވަނީ މުސްތަފާއަށް ފާޑުކިޔާ ނުރުހުންފާޅުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ "ތިމަރަފުށި" މި ނަމުގައި ބޭނުން ކުރަމުން އަންނަ ޓްވީޓެއްގެ މަައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާކަމަށާއި އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން ގެންދާނެކަމަށް ފުލުހުންވަނީ ބުނެފައެެވެ.

މުހައްމަދު މުސްތަފާއަކީ 2014 ވަނަ އަހަރު އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު މެންބަރުކަމުގެ ހުވާ ކުރުމުގެ ކުރިން ޕީޕީ އެމް އަށް ބަދަލުވެ މަޖިލީހުގައި މަަސައްކަތް ކޮށްފައިވަނީ ޕީޕީ އެމްގެ މެންބަރެއްގެ ގޮތުގައެވެ. އަދި 2019 ވަނަ އަހަރު އަލުން އެމްޑީޕީއަށް ބަދަލުވެ އެޕާޓީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާއަށް ވާދަކޮށް ވަނީ ނާކާމިޔާބުވެފައެވެ.

ދާދިފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މުސްތަފާ މަސައްކަތް ކުރައްވާފައިވަނީ ރައީސް ނަޝީދު ގެ ފެކްޝަންގައެވެ. އަދި އިންތިހާބަށްފަހު ރައީސް ނަޝީދު ސޮއިކުރަވައްމުން ގެންދަވާ ފިކުރެއްގެ ދިރުން ހަރަކާތުގައި މުސްތަފާ ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މުސްތަފާ އަކީ ވަރައް ޑީ ގުރޭޑް މީހެއް މިގައުމުގެ ރައީސްގެ ގަޔައް ޖަހަން ބުނެގެން ނުވާނެ. އެއްވެސް މީހަކު ގަޔައް ކުޅު ޖަހަން ބުނެގެން ނުވާނެ

  2. އިސްލާދީނާއިޚިލާފުކަމެއްކުރަންގޮވައި އިތުރަށްއިނާމުހުށައަޅައިހެދުމުން ޕޮލިހުންމުސްތަފާގެމައްސަލަބަލައިފިޔަވަޅުއަޅަންއރބަޖެހެއެވެ

  3. މުސްތަފާއަކީ މާލެގެބަދަރުމަތީގައި އުޅިބޮޑުވި މީހެއް އެހެންވެ އެފަދަ ހަޑިހުތުރު ބަހުރުވަހުންނަނީ އަވަހަށް އަދަބުދީ އެހެންނޫނީ ބަހެއްނާހާނެ

  4. މުސްތަފާ ގޮސް ޖަހާބަލަ. އޭރަށް ތިޔަ 50 ހާސް ވެސް އަމިއްލަ ޖީބުގަ އޮންނާނެ ނުންދޯ. ކީއްވެތަ މިލިއަނެކޭ ނުބުނީ. މިހާރު ތިބުނީ ޕާޓޭ އެއް ކައިރި ދޯ، ތިޔަވަރުގެ ކަމެއް ކުރުވާފަ ނިކަމެތި މީހާގެ ބޮލުގަ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އަޅުވާފަ ގޮޅީގަ ބާއްވަން ދޯ. ޥަރަށް ސަޅި ގައްބަރު ސޭޓް ބެކް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *