logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

މ. ދިއްގަރުގައި ލޯންޗެއް އަނދައި ދެމީހަކު ވަރަށް ބޮޑަށް ފިހިއްޖެ

މ. ދިއްގަރު ފަޅުގައި އޮތް ކުޑަ ލޯންޗެއްގައި ރޯވެ، ދެމީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "މިނިވަން:"އަށް ވިދާޅުވި ގޮތުގައި އެހާދިސާ ގައި ފިހުނު ދެމީހުން މިހާރު ވަނީ މާލެއަށް ގެނެސް އޭޑީކޭ ގައި ފަރުވާ ދޭން ފަށައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި "އަސުރުމާ" ނަމަކަށް ކިޔާ ލޯންޗްގައި އަލިފާން ރޯވީ ހެނދުނު މަސްވެރިކަމަށް ނުކުންނަށް އިންޖީނު ސްޓާޓްކުރި ވަގުތު އެވެ. ހެނދުނު 9:50 އެހާކަށް ހާއިރު ހިނގި އެހާދިސާގައި ލޯންޗްގައި ތިބި ދެމީހުން ވަގުތުން ފުންމާލީ މޫދަށް ކަމަށާއި އެމީހުން ނެގީ އެވަތު އެތަނުގައި އޮތް ދޯންޏެއްގެ ފަޅުވެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޝާން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާގައި ފިހުނު ދެމީހުންނަށް ފަރުވާދޭން އަވަހަށް މާލެއަށް ގެނައުމުގައި އެމްޓީސީސީގެ އެހީތެރިކަމެއް ލިބުނެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *