logo minivan

English

ބުދަ, 24 ޖުލައި 2024
Kudagiri picnic island --- Photo : HDC

ކުޑަގިރިއަށް ހޮނިހިރު ދުވަހު ދަތުރުދާން މިއަދު 4:00 ގައި ބުކިން އަށް ހުޅުވައިލަނީ

މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރުދިއުމަށްޓަކާ ހަދާފައިވާ ޕިކްނިކް އައިލެންޑް ، ކުޑަގިރި، ހޮނިހިރު ދުވަހު ހުޅުވާލާ އިރު،  އެރަށަށް ދަތުރު ދިއުމަށްޓަކާ، މިއަދު ހަވީރު ހަތަރެއް ޖަހާ އިރު ބުކިން ހުޅުވާލާނެ ކަމަށް އެޗްޑިސީން ބުނެފިއެވެ.

އެޗްޑީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ދަތުރުދާން ބުކިން ހެދުމަށްޓަކާ، ކުޑަގިރި.އެމްވީ ވެބްސައިޓާ މޮބައިލް އެޕްލިކޭޝަން ބޭނުންކުރެވޭނެކަމަށެވެ.

އަދި މި ހޮނިހިރު ދުވަހަށް ހުޅުވާލެވިފައިވަނީ 300 ޖާގަކަމުގައާ ކޮންމެ މީހަކަށް ބުކް ކުރެވޭނީ ގިނަވެގެން ހަތް މީހުންގެ ޖާގަ ކަމުގައި އެޗްޑީސީއިން ބުންޏެވެ.

ކުޑަގިރިއަށް ދަތުރު ގޮސް އުޅުމުގެ އުސޫލުތައް ވެސް އެޗްޑީސީއިން ކިޔައިދިނެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ :

  • މިސްކިތްކައިރީ މިއުޒިކް ޖަހާ އަޑު ގަދަކުރުމަކީ މަނާ ކަމެކެވެ.
  • ދަތުރު ގޮސް އުޅޭ އިރު އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި ހަމަނުޖެހުމެއް ނުހިންގުން
  • ވަކިން ސްމޯކިން އޭރިއާއެއް ހަދަފައިވާއިރު އެނޫން ތަންތަނުގައި ވޭޕް ކުރުމާއި ސިނގިރޭޓު ބުއިން މަނާވުން
  • ދިއުން މަނާ ސަރަހައްދު ތަކަށް ނުދިއުން
  • އާންމު އަހުލާގީ މިންގަޑާ އެއްގޮތަވާ ގޮތުގެ މަތިން ހެދުން އެޅުން
  • ޑަސްބިން ތަކަށް ކުނި އަޅަން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ޑަސްބިން ބޭނުންކުރުން
  • މޫދައް އެރި އުޅޭ އިރު ކުޑަ ކުދިން ސުޕަވައިޒް ކުރުން

ގޭސް ފުޅި އާއި ޕެޓްރޯލް އަދި ތޫނު ޔުޓެންސިލްސް ގެންދިއުމަކީ ވެސް މަނާކަމެއްކަމަށާއި އެފަދަ ތަކެތި އެތަނުން ލިބޭނެ ކަމުގައި ވެސް އެޗްޑީސީ އިން ބުނެޏެވެ.

ބުކިން ހަދާ އިރު ބޭނުންކުރާނެ އަށިވެސް ބުކް ކުރަން ޖެހެއެވެ. އައްޓަށް ވަކިން ޗާޖެއް ދައްކަންޖެހެއެވެ.

މާލެއިން ކުޑަގިރިއަށް ފުރަން ހަމަޖެހިފައި ވާނީ އެމްޓީސީ ޓާމިނަލްއިން ކަމަށާއި ހުޅުމާލެއިން ފުރާނީ ހުޅުމާލެ ފެރީ ޓާމިނަލް އިން ކަމަށް ވެސް އެޗްޑިސީ އިން ބުންޏެވެ.

ކުޑަގިރިއަށް ބަންދު ދުވަސް ދުވަހު ހިލޭ ދަތުރުކުރެވޭނެ ކަމަށާއި އެ ނޫން ދުވަސް ދުވަހު ފެރީއަށް ކޮޅަކަށް 25ރ. އަދި ރަށަށް އެރުމަށް 50ރ. ދައްކަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *