logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ސްޓެލްކޯގެ ހެޑް އޮފީސް. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އަލުން ހުށަހަޅައިފި

މާލޭގެ މަގު ކޮނުމާއި  މަގުމަތީގައި ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލުން ފީ ނަގަން ނިންމި އުސޫލު ބާތިލުކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އެ މައްސަލަ އިސްލާހުކުރުމަށް ފަހު އަލުން ހުށަހަޅައިފި އެވެ.

ފުރަތަމަ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ އޭރު ވިދާޅުވީ މައްސަލަ ހުށަހަޅާ ގާނޫނީ ސަބަބުތައް މައްސަލަ ހުށަހަޅާ ފޯމާ އެކީ ތަފްސީލުކޮށްދީފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އިއްޔެ އަލުން މައްސަލަ ހުށަހެޅީ އިސްލާހުކޮށްފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޯޓުން ދީފައިވާ އިރުޝާދުގެ އަލީގައި އެ މައްސަލަ އަލުން ހުށަހަޅާފައިވާ ކަމަށެވެ.

 

 

ސްޓެލްކޯ އިން ކޯޓަށް ހުށަހެޅި ދެ އުސޫލަކީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.

ސްޓެލްކޯ އިން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާ މަޝްވަރާކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެއީ ބާތިލް އުސޫލުތަކެއްކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *