logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
އަބްދުﷲ ޝާހިދު

ތުރުކީގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ތުރުކީގައި ތިބީ ދިވެހިންގެ ހާލު ރަނގަޅުު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިވަގުތު ތުކުރީގައި ތިބީ 14 ދިވެހިން ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. ފޮރިން މިނިސްޓްރީއިން ބުނީ މި މަހުގެ 6 ވަނަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު ފޮރިން މިނިސްޓްރީއާއި، ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުން ބަލަމުންގެންދާ ކަމަށެވެ.

މިިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް، ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާކަމަށާއި، އެމީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރަޖިސްޓަރ ކުރުމަށް ވެސް ވަނީ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައެވެ.

ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށް ފޮރިން މިނިސްޓްރީއިން ވަނީ އެދިފަ އެވެ.

ތުރުކީއަށް އައި ބިންހެލުމުގައި މިހާތަނަަށް 12،500 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *