logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

"އުމަރު ޒާހިރުގެ ގައުމީ ހިދުމަތުން ލިބިގަންނަން ޖެހޭ ފިލާވަޅަކީ ގައުމަށް އިހްލާސްތެރިވުމާއި ތެދުވެރިވުން "

އުމަރު ޒާހިރުގެ ގައުމީ ހިދުމަތުން އެންމެ ފުރަތަމަ ލިބިގަންނަން ޖެހޭ ފިލާވަޅަކީ ގައުމަށްޓަކައި އިހްލާސްތެރިވުމާއި ތެދުވެރިވުން ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތައުރީފުކުރައްވައިފި އެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި އޮފީސް އިމާރާތަށް ނަން ދީފައި ވަނީ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ނަމުންނެވެ.

އެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުވުމަކީ އެމަނިކުފާނުގެ ގައުމީ ހިދުމަތް ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. ރައީސް ވިދާޅުވީ އުމަރު ޒާހިރު ހިދުމަތް ކުރެއްވީ ވަޒީފާ ނުވަތަ މަގާމެއް ފުރުއްވުމުގެ ގޮތަކަށް ނޫން ކަމަށާއި ހަވާލުވެ ވަޑައިގެން ކޮންމެ ކަމެއް ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ކުރެއްވުމަށް ކަމުގައެވެ.

އުމަރު ޒާހިރުގެ  ހާއްސަ ތިން ކަމެއް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެހެން މީހުންނަށް އިހްތިރާމް ކުރުމުގެ ރީތި ސިފައާ ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތްތަކަށް ފަރުވާތެރިވުމާ ވަޒީފާގެ އަހުލާގަށް  ދެއްވި ސަމާލުކަމަކީ އެމަނިކުފާނުގެ ކާމިޔާބީގެ ސިއްރުކަމުގައެވެ.

"އެއީ ކޮންމެ ވަޒީފާއެއް އަދާކުރިޔަސް ކޮންމެ މީހެއްގެ ކިބައިގައި ހަރުލަން ޖެހޭ ނަމޫނާ ސިފަތަކެއް،" ރައީސް ވިދާޅުވި އެވެ.

މިއަދު ހުޅުވި އޮފީސް އިމާރާތް އުމަރު ޒާހިރުގެ ނަންފުޅަށް ހާއްސަ ކޮށްފައިވާ އިރު ހުޅުމާލެ ތަރައްގީ ކުރުމުގައި ވެސް އެމަނިކުފާނުގެ ހިއްސާ ބޮޑުކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ހުޅުލޭގެ އުތުރު ފަޅުތެރެއަށް އޮއްސާލި ފުރަތަމަ ވެލި މުށާއެކު މި ރަށް ހިއްކާ، ނިންމާ، އިމާރަތްކޮށް، މީހުން ދިރިއުޅޭ ފެންވަރަށް ތަރައްގީ ކުރުމުގައި ވެސް އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.

ކާތިބެއްގެ ވަޒީފާއިން ފެއްޓެވި އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ދަތުރު، 49 އަހަރަށް ފަހު ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުގެ މަގާމާމުގައި ހުންނަވައިގެން ނިންމަވާލެއްވީ ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވާ، ގައުމު ބަލައިގަންނާނެ މަސައްކަތްތަކެއް ކޮށްދެވުމުގެ ހިތްހަމަޖެހުމާ އެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *