logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:ހަޔާއެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ ހަތަރު އަހަރު މަތީ ތައުލީމުގެ ދާއިރާއިން އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދުނު: މިނިސްޓަރު

މަތީ ތައުލީމުގެ ދާއިރާއިން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އާދަޔާ ހިލާފު ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް މަތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ "ފަލަސުރުޚީ ޕްރޮގްރާމް"ގައި މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާއިން މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަކީ އަންނަން އޮތް ޖީލުތައް ވެސް ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ކަމަށާއި އެފަދަ އެއް ކަމަކީ މަތީ ތައުލީމާ ބެހޭ ގާނޫނެއް ފާސްކޮށް އަމަލުކުރަން ފެށުން ކަމަށެވެ. މަސައްކަތްތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ފުޅާކުރަން ހެދި މާސްޓާ ޕްލޭނަކީ ވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ބޮޑު ކާމިޔާބީ އެކެވެ.

"ނިމިގެން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑު ދަންނަވާނީ އާދަޔާ ހިލާފު ބޮޑެތި ކާމިޔާބީތަކެއް ހަޔާ އެޑިއުކޭޝަން ސެކްޓާއިން ވަނީ ހާސިލުކޮށްފައި. އަންނަން އޮތް ޖީލުތައް ވެސް ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ވަނީ މިސަރުކާރުން ހޯދިފައި. ވަކިން ހާއްސަ ގޮތެއްގައި މީގައި ތާރީހީ ކަންތަައްތަކެއް ވެސް އެބަހުރި އިނގޭތޯ،" އިބްރާހީމް ހަސަން ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ދާއިރާއިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ މަސައްކަތްތެރި ޖީލެއް އުފެއްދުމަށް ޓަކައި އަތޮޅުތަކަށް ޓިވެޓް ތައުލީމު ފޯރުކޮށްދިނުމުގެ މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެއީ މާލެެއަށް ދަރިވަރުން އައިސް ތަމްރީނުވުމަކީ ފީސިބަލް ކަމަކަށް ނުވާތީ އެ ފުރުސަތު އަތޮޅުތަކުން ލިބިދޭން ހިންގާ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ހާއްސަކޮށް ޕްރައިވެޓް ސެކްޓަރުގައި [ތިބި] މިކަން ކުރަން ބޭނުންވާ ފަރާތްތަކާ އެކު ޕާޓްނަޝިޕެއްގައި މިކަން ކުރުުމުގެ ފުރުސަތު ވެސް ފަހިވެގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެެވެ.

އަތޮޅު ތެރޭގައި ޓިވެޓް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭނާ ވިދާޅުވި ގޮތުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުންނެވެ. ހަތަރު ސަރަހައްދެއްގައި އެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެތަންތަން ގާއިމް ވުމަކީ މަސައްކަތް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް ލިބޭ "އާދަޔާ ހިލާފު ފުރުސަތެއް" ކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ.

"އާއިލާއާ އެކު ތިބެެގެން މަސައްކަތެއް ދަސްކޮށް، އެ މަސައްކަތުގެ ތެރެއިން ވިޔަފާރިއެއް ފެށުމުގެ ފުރުސަތު ފަހިކޮށްދީފައި، އެކިއެކި އެހެން ވުޒާރާތަކުން އެގެންގުޅުއްވާ އެކިއެކި ސްކީމްތަކުގެ ތެރެއިން،" މިނިސްޓަރު ވިދާޅުވި އެވެ.

އެއީ ސަރުކާރުން ގެންގުޅޭ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *