ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އިރު، އެ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާއަށް ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ލަފާ ދެއްވާފައިވާ މައްސަލައެއްގައި 14 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އިއްޔެ ބޭއްވި ޖޭއެސްސީގެ 15 ވަނަ ޖަލްސާގައި ގާޒީ ހަސަން ސައީދު މިއަދުން ފެށިގެން ސަސްޕެންޑް ކުރަން ނިންމީ މުސާރައާއި އިނާޔަތް ލިބޭގޮތަށެވެ.
ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއެވެ. އެހެންކަމުން ގާޒީ ހަސަން ސައީދު ރަޖިސްޓްރާއަށް ލަފާދެއްވާފައިވާތީ ފެމިލީ ކޯޓުގައި އަމަލުކުރަން އޮންނަ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުުމަށް މަގުފަހިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަކުރިން ވެސް ސާބިތުވެފައިވާ އިރު، އޭނާއަށް ވަރަށް ފާޑުކިޔުން އަމާޒުވަމުންވެސް ދެއެވެ. އޭގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ، މީހަކު ޖާމިނުކޮށް ދިނުމުގެ މައްސަލަ އާ ސީލައިފް މައްސަލާގައި ދައުވާ ލިބޭ އަންމަޓީ ދޫކޮށްލި މައްސަލަ ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް