logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
ގާޒީ ހަަސަން ސައީދު ---ފޮޓޯ: ޕީއެސްއެމް

ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ނިންމައިފި

އުސޫލުން ބޭރުން ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.

މުސާރައާއި އިނާޔަތް ލިބޭގޮތަށް 14 ދުވަހަށް  އިން މިދިޔަ ފެބްރުއަރީ މަހު ޖޭއެސްސީ އިން ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް، ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުގައި ކައިވެންޏެއް ކޮށްދީފައިވާތީއެވެ.

އެ މައްސަލައިގައި ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން އޭނާ ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއެވެ.

އުސޫލުން ބޭރުން ކައިވެނި ކޮށްދިން މައްސަލައެއްގައި ގާޒީ ހަސަން ސައީދު ސަސްޕެންޑް ކޮށްފި

އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފު ނުވާ ތީ އޭނާ ކުއްވެރި ނުވާކަމަށް އިސްތިއުނާފު ކޮމިޓީއިން ވަނީ ބުނެފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *