logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024
މީގެކުރިން އަތުލައިގަތް މަސްތުވަތާތެކެތި

ދިރުވާލައިގެން އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 1.3 ކިލޯ!

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި، ލެޓްވިއާ މިހާގެ ބަނޑުން ނެގި މަސްތުވާތަކެތީގައި 1353 ގްރާމް (1.3 ކިލޯ) ހުރި ކަމަށް  ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި އެމީހާ ދިރުވާލައިގެން ރާއްޖެއަށް ގެނައި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި  ބަންދުކޮށްފައި ހުރީ 127 ބުލެޓުގަ އެވެ. 

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކުރީ ލެޓްވިއާގެ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން މިއަދު ބުންޏެވެ،

މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކުރީ ކުރީ ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އިމިގްރޭޝަން އާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *