logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ، ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަން އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާ އެކު ހައްޔަރުކުރި އެމީހާ އަކީ ލެޓްވިއާގެ އުމުރުން 49 އަހަރުގެ ފިރިހެނެެއް ކަމަށެވެ.

އެމީހާ ދިރުވާލައިގެން ގެނައި މަސްތުވާތަކެތި ނެގުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުހުލުން ބުންޏެވެ.

އިރުމަތީ ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ލެޓްވިއާ އަކީ ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަ ވަަރަށް ބޮޑަށް އޮންނަ ގައުމެކެވެ. އެގައުމުގައި 2019 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެ އަހަރު އެކަނި ވެސް އެފަދަ 5،000 އަށް ވުރެ ގިނަ މައްސަލަ އެގައުމުގައި ބެލި އެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *