ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި ހޯދި ދިރުންތައް ދެނެގަނެ، ގިންތިކޮށް އިތުރަށް ދިރާސާ ކުރަން ފަސް ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ.
ފަސްދުވަހުގެ މުއްދަތަށް މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިން ސްޓޭޝަނު ގައި ކުރިއަށްދާ މި ޓެކްސޮނޮމިކް ވޯކްޝޮޕް މިއަދު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
ނެކްޓަން މޯލްޑިވްސް މިޝަންގެ ބައެއްގެ ގޮތުންކުރިއަށްދާ، ފުން ކަނޑުގެ ދިރުންތައް ދެނެގަތުމާ ބެހޭ ފަސް ދުވަހުގެ ވޯކްޝޮޕް ގައި ކަނޑުގެ ދިރުންތައް ދެނެގަތުމަށް ބައިވެރިންނަށް ދަސްކޮށްދޭނެ އެވެ.
We are delighted to kickstart the Nekton- Maldives Expedition Taxonomic Workshop at Maniyafushi Research and Training Station.
The Minister of Fisheries,Marine Resources and Agriculture Dr.Hussain Rasheed inaugurated the five day workshop on taxonomic identification of deep sea pic.twitter.com/g9BqoGDGeU
— Maldives Marine Research Institute (@MMRI_Maldives) February 19, 2023
ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި އެއްކުރި ވީޑިއޯތަކާއި މައުލޫމާތުތައް އާންމުކުރި ނަމަވެސް މިދިރާސާތަކުގެ ފުރިހަމަ ނަތީޖާތައް އާންމުކުރަން ނިންމާފައިވަނީ މިއަހަރުއެވެ.
މި ސާވޭގައި ދިވެހި މެރިން ސައިންސްވެރިންނާއި ބައިންލައަގުވާމީ ސައިންސްވެރިންގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސައިންސްވެރިންވެސް ބައިވެރިވިއެވެ.
މި ދިރާސާގައި ސަބްމާސިބަލްގެ އެހީގައި 500 މީޓަރު އަޑިން މައުލޫމާތު ހޯދައި 900 މީޓަރާ ހަމައަށް ރިމޯޓް އޮޕަރޭޓެޑް އުޅަނދެއްގައި ވީޑިއޯއާއި ސާމްޕަލްތައް ނަގާފައިވެ އެވެ. ދިރާސާ ކުރީ މާލެ އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ އިރުމަތީ ބިތުގެ ސަރަހައްދުގެ ތެރެއިން ޖުމްލަ 300 އަކަކިލޯމީޓަރުގެ ސަރަހައްދެއްކަމަށް ފިޝަރީޒް މިނިސްޓްރީއިން ކުރިން ބުނެފައިވެއެވެ.