logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބުރުނީގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ، 2 މީހުންގެ ހާލު ސީރިއަސް!

ތ. ބުރުނީގައި ރުކަކުން ޖެހި އެކަކު މަރުވެ އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރުއެވެ. ފުލުހުން ބުނީ ހާދިސާ ހިނގާފައިވަނީ ހައިމާކުން ރުކެއް ވައްޓާލައި އެ ރުއް ހައިމާކުން ނަގާ އަނބުރާލި ގަޑީ ވިއްސައިގެން ގޮސް ކަމަށެވެ. އެމީހުންނަކީ އެމްޓީސީސީ މަސައްކަތު އެރަށަށް ގޮސް އުޅުނު ބިދޭސީ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގުމާއި އެކީ އެމީހުންނަށް ފަރުވާ ދިނުމަށް ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ނަމަވެސް އިތުރު ފަރުވާ ބޭނުންވާތީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަނިޔާވި 4 މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު އަނެއް 3 މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ފުލުހުން ބުނީ އޭގެތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

މަރުވި މީހާގެ ހަށިގަނޑާއި އަނެއް 3 މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *