މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކް ފަސް އޮފިސަރަކަށް މުޅިން އަލަށް ދީފިއެވެ.
އިއްޔެ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި މުޅިން އަލަށް މި ރޭންކް ލިބުނު ފަރާތްތަކުގެ ތެރޭގައި އަންހެން އޮފިސަރަކު ވެސް ހިމެނެއެވެ.
ސިފައިންގެ މަގާމުގެ ކުރިއެރުން ލިބުނު ފަސް އޮފިސަރުންނަށް ލިޔުން ހާވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި ރޭންކް ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އެވެ.
History has been made! For the 1st time in 130 years,5 Warrant officers,including a woman, have been promoted to the rank of Chief Warrant Officer. Min @MariyaDidi Congratulates the trailblazers & wishes them continued success in their new roles. #historymade #militarypromotion pic.twitter.com/VhZnvlz885
— Ministry of Defence (@MoDmv) March 27, 2023
އެ ރަސްމިއްޔާތުގައި މިނިސްޓަރަ މާރިޔާ ވިދާޅުވީ، އެއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ސިފައިންގެ މުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި އެފަސް އޮފިސަރުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށެވެ.