logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އަމީނީމަގު ހެދުމުގެ ތެރޭގައި ކަރަންޓަށް ދިމާވި މައްސަލައެއް ހައްލުކުރަން ސްޓެލްކޯގެ ޓެކްނީޝަކުން މަސައްކަތްކުރަނީ. ފޮޓޯ:ސްޓެލްކޯ

އަމީނީ މަގުގެ މަސައްކަތާ ހެދި ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން މަސައްކަތް އެބަކުރަން: ސްޓެލްކޯ

ޒަމާނީ ފެންވަރަށް އަމީނީމަގު ހެދުމުގެ މަސައްކަތްކުރުމުގެ ތެރޭގައި ، އެ މަސައްކަތް ހިނގާ ސަރަހައްދުތަކުގައި ކަރަންޓްގެ ހިދުމަތަށް ބުރޫ އަރަމުންދާ ކަމަށާއި އެކަން ހައްލުކުރަން މަަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން  މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި އަލުން ހިދުމަތްދޭން ކުރަން ޖެހޭ މަސައްކަތްތައް އެކުންފުނިން ވަގުތުން ވަގުތަށް ކުރަމުން ގެންދާނެ ކަމަށެވެ.

"…މިކުންފުނީގެ ހިދުމަތް މެދުކެނޑޭ މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ދިމާވާ އެންމެހާ އެންމެހާ ދަތިތަކަށް މާފަށް އެދެމެވެ. އަދި މިފަދަ ކަންކަން ދިމާވިޔަ ނުދިނުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިކުންފުނިން ކުރަމުން ގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯގެ ކޭބަލަކަށް ގެއްކުން ވެގެން، ބުރުޒުމަގުގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓް ކެނޑުނެވެ. ސްޓެލްކޯއިން އިއްޔެ ބުނި ގޮތުގައި އެ ސަރަހައްދަށް އަލުން ކަރަންޓް ދިނީ ގެއްލުން ލިބުނު ކޭބަލުގެ ބަދަލުގައި ވަގުތީ ކޭބަލެއް އަޅައިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ