logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ކޮވިޑާ އުފެދުނީ އިންސާނުންގެ ކިބައިން: ޗައިނާ ސައިންސްވެރިން

ކޮވިޑް-19 ގެ ވައިރަސް އުފެދުނީ އިންސާނުންގެ ކިބައިން ކަމަށް ޗައިނާގެ ސައިންވެރިން ހާމަކޮށްފިއެވެ.

މީގެ ތިން އަހަރު ކުރިން ހުއާނާންގެ ސީފުޑް މާކެޓުން ނެގި ސާމްޕަލްތައް އެނަލައިޒްކޮށް، ޗައިނާގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާ ވަނީ އާންމުކޮށްފިއެވެ. މިއީ ކޮރޯނާވައިރަހުގެ އަސްލު ހޯދުމާއި ގުޅޭ ގޮތުން ޗައިނާއިން އާއްމުކުރި ފުރަތަމަ ދިރާސާއެވެ. ވައިރަހުގެ އަސްލާ ގުޅޭ ގޮތުން ޗައިނާގެ ސްޓޭޓް ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައިންޓިސްޓް ޓޮންގް ވިދާޅުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް މާރުކޭޓުގައި 1300 އަށް ވުރެ ގިނަ  ފިނިކުރި ޖަނަވާރުގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ބަލި އެންމެ ފުރަތަމަ ފެތުރުނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ކިބައިން އިންސާނެއްގެ ގަޔަށް ކަމަށެވެ. ނަމަވެސް ވައިރަސް ފެތުރުނީ ޖަނަވާރުންގެ ފަރާތުން ކަމަށް ބުނެވޭ ވަރުގެ ހެއްކެއް ލިބިފައިނުވާ ކަމަށް ޗައިނާގެ ސައިންޓިސްޓުން ބުންޏެވެ. ސާމްޕަލްތަކުގެ ޖެނެޓިކް ކޮންޓެންޓް އާންމުކުރަން ތިން އަހަރު ހޭދަވީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. އަނެއް ތިއަރީ ބުނާ ގޮތުން ވައިރަސް ލީކުވީ ވޫހާންގެ ލެބޯޓްރީއަކުންނެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ރިސާޗް ޓީމަކުން އެމީހުންގެ ދިރާސާގެ ކުރީ ކޮޅުގެ ވާޝަނެއް އޮންލައިންކޮށް ޕޯސްޓްކުރި ނަމަވެސް ހުއާނާން މާކެޓުން ނެގި ސާމްޕަލްތަކުގައި ހިމެނޭ ފުރިހަމަ ޖެނެޓިކް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ. މިއަހަރުގެ މާޗް މަހުގެ ތެރޭގައި ބައިނަލްއަގްވާމީ އެހެން ސައިންސްވެރިންގެ ގްރޫޕަކުން ވަނީ ސައިންޓިފިކް ޑޭޓާ ޝެއާކުރާ ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ޖެނެޓިކް ސީކުއެންސްތަކުގެ އަމިއްލަ އެސެސްމަންޓް ހިއްސާކޮށްފައެވެ.

އެ އެނަލިސިސް އަކީ އެހެން ސައިންސްވެރިން ވެސް ވެލިޑޭޓްކޮށްފައިވާ އެނަލިސިސްއެއް ކަމަށާއި މާކެޓުގެ އެކި ހިސާބުތަކުން ނެގި ސާމްޕަލްތަކުގެ ކޮންޓެންޓާ ގުޅޭ މުހިންމު ތަފްސީލުތައް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ވައިރަސް އުފެދުނު ގޮތާ ބެހޭ ގޮތުން އަދި ވަކި ހެއްކެއް ހޯދިފައެއް ނުވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *