logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުން އިތުރުވާން ފަށައިފި

ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްވެ، އެ ބަލީގައި އެޑްމިޓްކުރާ މީހުން ވަރަށް މަދުވެފައި އޮންނަތާ ދުވަސްތަކެއް ވީ ފަހުން އެބަލީގައި އެޑްމިޓްކުރި މީހުން ކުއްލިއަކަށް އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މާޗްމަހުގެ ފަހުކޮޅާ ޖެހެންދެން ހުރީ ތިނަކަށް ވުރެ ދަށުގަ އެވެ. އެ މުއްދަތުގެ ތެރޭގައި ، އެ ބަލި ޖެހިގެން އެއް ވަގުތެއްގައި އެޑްމިޓް ކުރި މީހުންގެ އަދަދު ތިނަކަށް އެރީ ވެސް އެންމެ ފަހަަރަކު އެވެ. އެއީ ޖެނުއަރީ މަހުގެ ފަހު ހަފްތާ ގަ އެވެ.

ކޮވިޑްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މާޗް މަހުގެ ފަހު ހަފުތާގައި އެކަމަކު ހުރީ 10 އަކުން މަތީގަ އެވެ. އެ ހަފުތާގައި އެއް ފަހަރާ އެޑްމިޓް ކުރި މީހުންގެ އަދަދު 17 އަށް އެރި ކަމަށް ވެސް ްއެޗްޕީއޭގެ ހިސާބުތަކުން އެނގެ އެވެ.

ކޮވިޑްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މިގޮތަށް މައްޗަށް ގޮސްފައި ވާއިރު، ހަފުތާއެއްގެ ތެރޭގައި އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅާ ހަމައަށް ހުރީ 20 އިން ދަށުގަ އެވެ. އެކަމަކު މާޗްމަހުގެ ފަހު ކޮޅުން ފަށައިގެން ކޭސްތައް އިތުރުވެ، މިހާރު ހުރީ 80 އިން މަތީގަ އެވެ.

ރާއްޖެއަށް 2020 ވަނަ އަހަރު ކޮވިޑް-19 އައުމާ އެކު އެބަލިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅި އެވެ. އެހެންވެ، އެބަލި ކޮންޓްރޯލްކޮށް އިގުތިސާދީ ހަރަކާތްތައް އެންމެ އަވަހަށް ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ