logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
Health ministry

އަރިދަފުސް ރޯގާ އާއި ކޮވިޑް އިތުރުވާތީ ސަމާލުވާން އެދިއްޖެ

އަރިދަފުސް ރޮގާ އާއި ކޮވިޑް 19 އިތުރުވަމުންދާތީ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ކުރި އެއް އިލްތިމާސަކީ ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށާއި ބޫސްޓާޑޯޒް ޖަހަން ޝަރުތަުހަމަވާ މީހުން އެޑޯޒް ވެސް ޖަހަން ކުރި އިލްތިމާސެކެވެ. އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށްޓަކާ، ސައިބޯނި ލައިގެން ގިނައިން އަތްދޮވުމާއި ، ސެނިޓައިޒާ ބޭނުން ކުރުމާއި އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވެސް އެ އެޖެންސީން އިލްތިމާސްކުރި އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން ކޮވިޑް ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މާޗްމަހުގެ ފަހުކޮޅާ ޖެހެންދެން ހުރީ ތިނަކަށް ވުރެ ދަށުގަ އެވެ. އެ މުއްދަތުގެ ތެރޭގައި ، އެ ބަލި ޖެހިގެން އެއް ވަގުތެއްގައި އެޑްމިޓް ކުރި މީހުންގެ އަދަދު ތިނަކަށް އެރީ ވެސް އެންމެ ފަހަަރަކު އެވެ. އެއީ ޖެނުއަރީ މަހުގެ ފަހު ހަފްތާ ގަ އެވެ.

ކޮވިޑްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މާޗް މަހުގެ ފަހު ހަފުތާގައި އެކަމަކު ހުރީ 10 އަކުން މަތީގަ އެވެ. އެ ހަފުތާގައި އެއް ފަހަރާ އެޑްމިޓް ކުރި މީހުންގެ އަދަދު 17 އަށް އެރި ކަމަށް ވެސް ްއެޗްޕީއޭގެ ހިސާބުތަކުން އެނގެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ