ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ އަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖަޕާނުގެ ހުޅަނގުގެ ވަކަޔާމާ ޕްރިފެކްޗާގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ފުމިއޯ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް މީހަކު ވަނި "ސްމޯކް" ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ބޮޑު ވަޒީރު ހުންނެވި ދިމާލަށް އެއްލާލާފައެވެ.
ބޮން އެއްލާލުމާއެކު ފުލުހުން ވަނީ ރައްކާތެރި ސަރަހައްދަށް ބޮޑު ވަޒީރު ގެންގޮސްފައެވެ. ބޮމުގެ ސަބަބުން ބޮޑުވަޒީރަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެ މައްސަލާގައި އުމުރުން 24 އަހަރުގެ ރިއުޖީ ކިމޫރާ ނަމަކަށް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، މިދިޔަ އަހަރުގެ ޖުލައި މަހު ޕާލަމެންޓް އިންތިހާބަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލިތާ ނުވަ މަސް ފަހުންނެވެ. އެ ހާދިސާގެ ސަބަބުން ލޯކަލް އަދި ނޭޝަނަލް ޕޮލިސްގެ އިސް ވެރިން އިސްތިއުފާ ދެއްވިއެވެ.
Breakig: Someone apparently set off an explosive device (possibly a pipe bomb) at a place in Wakayama where Prime Minister Kishida was about to give a campaign speech. No injuries were reported. pic.twitter.com/BTriLkT0L3
— Jeffrey J. Hall 🇯🇵🇺🇸 (@mrjeffu) April 15, 2023
ފުމިއޯއަށް ހަމަލާ ދޭން މަސައްލަތް ކޮށްފައިމިވަނީ އަންނަމަ މަހުގެ 19-21 އަށް ބޮޑުވަޒީރު ކިޝިދާ ހިރޯޝީމާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓްގެ ކުރިން ޖަޕާނުން ގްރޫޕް އޮފް ސެވަން (ޖީ7) ގެ ވަޒީރުންގެ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ.