logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން ބުރާސްފަތި ދުވަހުގެރޭ

1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށާއި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާއިރު ޓީވީ، ރޭޑިއޯ އަދި އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރައްވާނީ ފޮރިން މިނިސްޓްރީންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިފޮޓޯގެ މެދުގައި އެއިނަ މީހާ އިދެގެން ކުރާ ސާބިތެއް ނަ ޤާބޫލެއް ނުކުރާނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *