logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަންގެ ދާއިމީ ނަތީޖާއިން ޝާޒަށް 6 ވޯޓު އިތުރު

ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ މިއަދު އިއުލާނު ކުރި އިރު ، އެގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް ވަނީ ވަގުތީ ނަތީޖާއާއި އަޅާ ބަލާއި ހަ ވޯޓު އިތުރުވެއްޖެއެވެ.

ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އިބްރާހިމް ޝާޒްއަށް ވަނީ ޖުމްލަ 1346 ވޯޓު ލިބިފަ އެވެ. ވަގުތީ ނަތީޖާގައި ޝާޒް އަށް ލިބުނީ 1340 ވޯޓެވެ.

އެ އިންތިޙާބުގައި ދެން ވާދަކުރެއްވި ، ޕީޕީއެމްގެ ހުސެއިން ރިޒާ އަށް  ދާއިމީ ނަތީޖާގައި ވެސް ލިބުނީ 1226 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އާރިފް އަށް ދާއިމީ ނަތީޖާގައި ލިބިފައިވަނީ 122 ވޯޓެވެ. ވަގުތީ ނަތީޖާގައި އާރިފްއަށް ލިބުނީ 128 ވޯޓެވެ.

އިންތިހާބުގައި ޖުމްލަ ސައްހަ ވޯޓުގެ އަދަދީ 2694 ކަމަށް ދާއިމީ ނަތީޖާއިން ދައްކަ އެވެ. އަދި ވޯޓުލުމުގެ ހައްގުލިބިގެންވާ 3423 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 2755 މީހުންނެެވެ.

 

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު، އަވަހާރަވުމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *