logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024
ފޮޓޯ: ހައްޖުކޯޕަރޭޝަން

ހައްޖަށް ގެންދިއުމުގެ އަގަކީ 75،000 ރުފިޔާ، ތިން ކުންފުންޏަކަށް ކޯޓާދީފި

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގު އަގު ކަނޑައަޅައި 270 ކޯޓާ، ތިން ކުންފުންޏަކަށް ސަރުކާރުން ދީފިއެވެ.

ހުއްދަދިން ކުންފުނި ތަކާއި އަގުތަކަކީ :

  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު – 75،250 ރުފިޔާ
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑު – 75،465 ރުފިޔާ
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑު – 75،000 ރުފިޔާ

އިސްލާމިކް މިނިސްޓީއިން ބުނި ގޮތުގައި ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެކެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން ގިނަ ކޯޓާ ދީފައި ވަނީ ހައްޖުކޯޕަރެޝަނަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *