logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024
ކިންގް ސަލްމާން މިސްކިތް

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރާނީ މިތަންތަނުގައި

މިއަހަރުގެ ފިތުރުއީދުގައި ވެސް ބޮޑުޖަމާއަތުގައި އީދުނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

" އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ" އެމިނިސްޓްރީއިން ބުންނެވެ.

ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަން:

މާލެ-  މާފަންނު ސްޓޭޑިއަމްގައި

މާލެ- އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު

މާލެ- މަސްޖިދުލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު

ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް

ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)

ވިލިމާލެ- ފުޓްބޯޅަ ދަނޑު

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެއެވެ.

އީދުނަމާދު ކުރާނީ އީދު ދުވަހުގެ ހެނދުނު 7:30ގައެެވެ. މިނަމާދަކީ ދެޖިންސުގެ ކުދިބޮޑު ހުރިހާ މުސްލިމުން ޖަމާއަތުގައި ކުރާ ނަމާދެކެވެ.

ޢީދުނަމާދަށް ދާ އިރު ސަމާލުކަން ދޭންވީ ކަންތައްތައް ވެސް އިސްލާމިކް މިނިސްޓީއިން ފާހަގަކުރެެވެ.

އެގޮތުން ކޮންމެ މީހަކުވެސް ގެއިން ވުޟޫކޮށްގެން އައުމާ، އަމިއްލަ މުސައްލަ އެއްގެންދިއުމާ، ފެން ފުޅިއަކާ، ފައިވާން ލާނެ ކޮތަޅެއް (ޕްލާސްޓިކް ނޫން)  ގެންދިއުމަށް އެ މިނިސްޓްރީއިން އިލްތިމާސްކުރެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *