logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024
photo by Mvcrisis
ފޮޓޯ: އެމްވީކްރައިސިސް

މިއަދު ފޭސް2 ގައި އެކްސިޑެންޓްވި ޒުވާނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައި

މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ.

ފޭސް 2 ގެ ނިރޮޅު މަގުގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިއަދު 15:30 ހާ އިރު ފުލުހުން ބުނި ގޮތުގައި ، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން، އޭޑިކޭއަށް ބަދަލު ކުރުމުގެ މަސައްކަތް އެއިރު ދިޔައީ ކުރަމުންނެވެ. އޭގެ ފަހުން އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ފޭސް 2ގައި ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓެއް ހިނގައިފި

އަނިޔާވި ޒުވާނާއަށް ކުރިން ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *