logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓުގެވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ގަލޮޅުގެ ބައެއް މަގުތަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓްލޯއިން ބުނީ ގަލޮޅުގެ ބޮޑުތަކުރުފާނު މަގާއި، ހަވީރީމަގާއި، ރަބީއީ ހިނގުމުގެ އިތުރުން، ކާނޭޝަން މަގުން މިއަދު މެންދުރު 13:00 އިން 15:00 ކަރަންޓު ކެނޑިދާނެކަމުގައެވެ.

އޭގެ އިތުރުން ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގާއި، އަލިކިލެގެފާނު މަގާއި ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުން މިއަދު 13:00 އިން 15:00އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އަދި ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި މަޖީދީމަގުގެ އިތުރުން ޗަމްޕާމަގުން މިއަދު 14:00 އިން 16:00އަށް ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ރަސަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި  ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ