logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޝްރައްދާ އާރިޔާ އަށް އަހަރަކު 5 ކްރޯޑް ލިބޭ

އިންޑިއާގެ މަޝްހޫރު ޓީވީ ސީރިއަލެއް ކަމަށްވާ "ކުންޑަލީ ބަގްޔާ" ގެ ބަތަލާ ޝްރައްދާ އާރިޔާ އަށް އެ ޑްރާމާގެ ޒަރިއްޔާއިން އަހަރަކު ފަސް ކްރޯޑް ލިބޭ ކަމަށް ބަޔޯ އޯވަރވިއު ރިޕޯޓުގައި ބުނެފައިވެއެވެ.

އޭނާ އަކީ އެކްޓަރެއްގެ އިތުރުން އަގުހުރި އެތައް މުދަލާއި، ކާރުތަކާއި، ވިޔަފާރިތަކާއި، ބްރޭންޑް އެންޑޯސްމަންޓްއެއް އޮންނަ ފަހުރުވެރި ދިރިއުޅުމެއް އުޅޭ ބަތަލާއެކެވެ. އެ ރިޕޯޓްގައިވާ ގޮތުން އޭނާގެ ނެޓް ވޯރތް އަށް 44 ކްރޯޑް (2023 ވަނަ އަހަރުގެ ނިޔަލަށް) ލިބެއެވެ.

އެގޮތުން އެކްޓިން ދާއިރާއިން ޝްރައްދާއަށް ކޮންމެ އެޕިސޯޑަކަށް 1 ލައްކަ ރުފިޔާ ލިބޭއިރު، އަހަރެއްގެ މައްޗަށް 5 ކްރޯޑް އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އެކްޓިންގެ އިތުރުން ޝްރައްދާއަށް އާމްދަނީގެ އަނެއް މަސްދަރަކީ ގިނަ އަދަދެއްގެ ބްރޭންޑް ޕްރޮމޯޝަންތަކާއި ސްޕޮންސަޝިޕްތަކުން ލިބޭ އާމްދަނީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަށް ބްރޭންޑް ޕްރޮމޯޝަންތަކާއި ސްޕޮންސަޝިޕްތަކުން 40 ހާއި 50 ލައްކައާއި ދެމެދުގެ އަދަދެއް ލިބެއެވެ. ރިޕޯޓްތައް ބުނާގޮތުން ޝްރައްދާގެ ހުނަރާއި މަގުބޫލުކަމުގެ ސަބަބުން 2019 ވަނަ އަހަރަށްފަހު ކޮންމެ އަހަރަކުވެސް އޭނާގެ މުއްސަނދިކަން އަންނަނީ އިތުރުވަމުންނެވެ.

މަޝްހޫރު ބަތަލާ ޝްރައްދާ އާރިޔާ ކައިވެނި ކޮށްގެން އުޅެނީ ސިފައިންގެ އޮފިސަރެއް ކަމަށްވާ ރާހުލް ނަގަލް އާއެވެ. އެ ދެމީހުން ބައްދަލުވީ ދެމީހުންގެ ރަހުމަތްތެރިއެއް މެދުވެރިކޮށް ކަމަށާއި، ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު 2021 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު އެންގޭޖްވުމަށްފަހު ހަމަ އެއަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ކައިވެނި ކުރިއެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ "ކުންޑަލީ ބަގްޔާ" މި ޝޯ 2017 ވަނަ އަހަރު ފެށިއިރު، މިއީ ދުވާލަކު އެންމެ ގިނައިން ދައްކާ އެއް ޑްރާމާއެވެ. ޝްރައްދާ އަކީ ޝޯ އުފެދުނު އިރުއްސުރެ އެ ޝޯގެ ބައެއް ކަމަށާއި، އޭނާއަށް އެކްޓިން ދާއިރާއިން ބޮޑު ކާމިޔާބީ އާއި މަޝްހޫރުކަމެއް ލިބުނީ އެ ޝޯގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިންވެސް ޝްރައްދާ ވަނީ ތަފާތު އެކި ފިލްމު ތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ބޮލީވުޑް އިންޑަސްޓްރީ އާއި ތަމަޅަ، ޓެލަގޫ، މާލެ، ކަނާތު، އަދި ޕަންޖާބީ ފިލްމުތައް ހިމެނެއެވެ.

ހަމައެއާއިއެކު ޝްރައްދާ ސްކްރީނުން ފުރަތަމަ ފެނިގެން ދިޔައީ 2007 ވަނަ އަހަރު ދެއްކި އިންޑިއާގެ ލީޑިން ސިނަސްޓާގެ "ކީ ހޯޖް" ގެ ބައިވެރިއެއްގެ ގޮތުގައެވެ. އަދި އެއަށްފަހު އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަށްވާ އަމީތާބް ބައްޗަން އާއިއެކު ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

އެހެންނަމަވެސް 2011 ވަނަ އަހަރުން ފެށިގެން އޭނާ ނިންމީ ޓީވީ ވިޔަފާރީގައި މަސައްކަތް ކުރުމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޝްރައްދާ ވަނީ ހިޓް ޝޯއެއް ކަމަށްވެގެންދިޔަ "މެއިން ލަކްޝްމީ ތޭރޭ އަންގަން ކީ" ގެ ލީޑް ރޯލް ކުޅެފައެވެ. ކުރިއަށް އޮތް ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ކަރަން ޖޯހަރު ޑައިރެކްޓް ކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޝްރަދާ ކުޅެން ވަނީ ތައްޔާރުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *