ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑިޕީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ކުއްވެރިކުރާކަަމަށެވެ.
" ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ" އެމްޑީޕީއިން ބުންޏެވެ.
މަތިވެރި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަ ހަސަން ޒަރީރަށް ދިން ހަމަލާ ކުށްވެރިކުރުން
— MDP Secretariat (@MDPSecretariat) May 1, 2023
ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު 5:08 ހާއިރުއެވެ.
ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.
މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ތިއައްނި ވީކަމެއްނަމަ ކުއްނުކުރިޔަސް މިހާރު އެތެއްބަޔަކު ޖަލުގައިތިބޭނީ ކުއްނުކުރިޔަސް ކަންއޮތީއެހެން !!!!!!!!!!!!!!!!!!