ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ބޮލުގައި ޖެހި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް 61 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެއެވެ.
މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9 ޖަހާކަށް ހާއިރެވެ.
ފުލުހުން ބުނީ، އެ މީހާ މަރުވެފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.