logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހަވާ ބަލަން މުޅި އުސްފަސްގަނޑު ސަރަހައްދު ފުރާލައިފި

މާލޭގައި މިރޭ އެރުވި ހަވާ ބެލުމަށް މުޅި އުސްފަސްގަނޑު ފުރާލައިފިއެވެ.

މިރޭ މާލޭގައި ހަވާ އަރުވާފައިވަނީ، އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދުމާ ގުޅިގެން އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސިފްކޯގެ އެހީތެރިކަމާ އެކު އުސްފަސްގަނޑު ސަރަހައްދުގައެވެ.

ހުޅުމާލޭގައި ކުޅުނު ބައިބަލާ ފައިނަލް މެޗު ޓީނޭޖުން ކާމިޔާބު ކުރީ ހުޅުމާލެ ސްޕޯޓްސްއާ ވާދަކޮށް ދެ ގޭމުން މޮޅުވެގެންނެވެ.

މީގެ އިތުރުން މާދަމާ ރޭ ވެސް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޓީނޭޖްގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. ޓީނޭޖުން ބުނި ގޮތުގައި އެ ހަރަކާތް އޮންނާނީ ރޭގަނޑު 9 ޖަހާއިރު ސިނަމާލެ ފްލެޓު ސަރަހައްދުގައި ޓީނޭޖްގެ ބައިބަލާ ޕްރެކްޓިސް ކުރި ރިންގް ސަރަހައްދުގައެވެ.

ޓީނޭޖް ވަނީ މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގައި ފައިނަލް ކުޅެ، ރަނަރަޕް ކަން ހޯދައިފައެވެ. މީ ޓީނޭޖުން ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. ޓީނޭޖުން ވަނީ މި މުބާރާތް 2001، 2004، 2017 ވަނަ އަހަރު ވެސް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *