logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ސޯލާ ޕެނަލް ހަރުކުރުމަށް ގޭގެ ފުރާޅު ކުއްޔަށް ދިނުމުގެ ފުރުސަތު ހުޅުވާލައިފި

"އަވިކަތަ" ޕްރޮގްރާމްގެދަށުން ސޯލާ ޕެނަލް ސިސްޓަމް ހަރުކުރުމަށް، ގޭގޭގެ ފުރާޅު ކުއްޔައް ހިފަން ސްޓެލްކޯއިން ހުޅުވާލައިފިއެވެ.

އަވިން ހަކަތަ އުފެއްދުމުގެ މި ޕްރޮގްރާމުގައި އާންމުން ބައިވެރިވެގެން އާމްދަނީ ލިބޭނެ ފުރުސަތު މިހާރު ސްޓެލްކޯއިން ވަނީ ހުޅިވާލާފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ އާއްމުންގެ ގޭގޭގެ ފުރާޅު ސްޓެލްކޯއިން ކުއްޔަށް ނަގާ، ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފައްދާގޮތަށެވެ.

ސްޓެލްކޯއިން ބުނީ ހަރުކުރާ ކޮންމެ 1 ކިލޯވޮޓްގެ ސޯލާ ޕެނެލަކަށް 180.60 ރުފިޔާ، ކުލީގެ ގޮތުގައި ސްޓެލްކޯއިން ގޭގެއަށް ދައްކާނެކަމަށެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމުގެ ހުރިހާ މަސައްކަތްތަކާއި ހަރަދެއް ބަލަހައްޓާނީ ސްޓެލްކޯއިންކަމަށެވެ.

އެ ޕްރޮގްރާމް ގައި ބައިވެރިވާ ސޯލާ ޕެނަލް ހަރުކުރާ ފުރާޅުގައި މަދުވެގެން 100 އަކަފޫޓުގެ ހުސްޖާގަ އޮންނަންޖެހެއެވެ. އަދި ފުރާޅުގައި މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭނެހައި ވަރު ހުންނަންޖެހޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެއިތުރުން ފަސޭހައިން އިރުގެ އަވިލިބޭ ތަނެއްގައި ހުރި ތަނަކަށްވުމާއި ޕެނަލް އަދި އިންސްޓޮލޭޝަން ވަސީލަތްތައް ހަރުކުރެވޭނެ ޖާގަ ހުންނަ ތަނަކަށް ވާންޖެހޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"އަވިކަތަ" ޕްރޮގްރާމަށް ފުރާޅު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން ސްޓެލްކޯއާއި ގުޅައިގެން އެކަން ކުރިއަށްގެންދިއުމަށް އެ ކުންފުނިން އެދެ އެވެ. އެ ޕްރޮގްރާމް މާލެ ސަރަޙައްދުގެ އިތުރުން، އެ ކުންފުނިން ޚިދުމަތްދޭ އެހެން ރަށްތަކުގައިވެސް ކުރިއަށްގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ