logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ސްޓެލްކޯގެ ހެޑް އޮފީސް. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

މިއަދުވެސް މައްޗަންގޯޅީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މާލޭގެ ބައެެއް ސަރަހައްދު ތަކުން މިއަދު ކަރަންޓު ހިނގައިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، މައްޗަންގޯޅީގެ، ގުލްހަޒާރު ގޯޅިއާއި، ނަސީމީ ހިނގުމާއި، އުނިގަސްމަގުގެ އިތުރުން ދަކަނދާ މަގުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ސަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ