logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތަކެއް ފެނިއްޖެ

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެން އެ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑިއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށާއި، އެ ބެޗު ނަމްބަރު P21311 ރާއްޖެ އެތެރެކޮށް، ވިއްކައި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިންޖެކްޝަން އުފައްދާފައިވަނީ އިންޑިއާގެ އިމްދާބާދުން ނެވެ. އެއީ 25 މިލި ގްރާމްގެ އިންޖެކްޝަނަކަށްވާއިރު، އެ ބެޗް އުފައްދާފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި ވަނަ މަހުގައެވެ. އަދި އެކްސްޕަޔާ ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށް ވެއެވެ.

އެ ބޭހުގެ އެ ބެޗް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި އެންގުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *