logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހިޔާ ފްލެޓްތައް ހިމެނޭ ގޮތަށް ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި ފުރަތަމަ ފިޔަވަހީގެ ބޮޑު ސަރަހައްދުތަކުން ކަރަންޓް ކެނޑިެއްޖެއެވެ.

ކަރަންޓް ކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.

އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލެ 2 ގެ ބޮޑު ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް، ގެއްލުން ލިބިފައިވާ ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ކޭބަލާ ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑިއިރެއްހާއިރު ހޭދަވެދާނެ ކަމަށް ސްޓެލްކޯ އިން ބުން

އެ ކުންފުނިން ވަނީ ކަރަންޓް ކެނޑިފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށްވެސް އެދިފަ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ