logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫއެއް

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި އިތުރު 10 މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކަކީ އިންޑިއާ ސަރުކާރުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެކެވެ. މި 10 މަޝްރޫޢާއި ގުޅޭ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއި ކުރީ ފޮރިން މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓާނަލް އެފެއާޒް ވީ. މުރަވީދަރަންއާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހިންގުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި އާޓް ސެންޓަރެއް ޤާއިމުކުރުމާއި، ޅ. ހިންނަވަރު ކައުންސިލްގެ އައު އިދާރީ އޮފީސް ތަރައްޤީކުރުމާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ހިންގުން ހިމެނެއެވެ. އަދި ގދ. ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ޔުނިޓެއް ޤާއިމުކުރުމާއި، ނ. ކެނދިކުޅުދޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ 4 ސްކޫލަކަށް ސްކޫލް ބަސް ފޯރުކޮށްދިނުމާއި، ށ. މިލަންދޫގައި ދުވާ ޓްރެކެއް ތަރައްޤީކުރުން ހިމެނެއެވެ.

ހަމައެހެންމެ އައްޑޫ ސިޓީ ހިތަދޫ 2 ސަރަޙައްދަކާއި ގދ. ވާދޫ އަދި ހއ. ދިއްދޫގައި އައުޓް-ޑޯ ޖިމް ޤާއިމުކުރުންވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތެރެއިން އިންޑިއާ ސަރުކާރުން އިތުރުކޮށްދެއްވި 100 މިލިއަން ރުފިޔާގެ ގްރާންޓުގެ ތެރެއިން ހިންގާ މަޝްރޫއުތަކެކެވެ.

މި ރަސްމިއްޔާތުގައި މި 10 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެންޓި ޓީބީ މެޑިސިންވެސް ވަނީ ހަދިޔާކޮށްފަ އެެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *