logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

އާރަށުގެ ހިޔާނާތުގެ މައްސަލަ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑު އެހުން މާދަމާ ބޭއްވުމަށް ހައި ކޯޓުގައި ތާވަލު ކޮށްފިއެވެ.

މިދިޔަ 25 ޑިސެމްބަރުގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީން ގެ މައްޗަށް 4 އަހަރުގެ ހުކުމެކެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީ 7 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ.

ނަމަވެސް އިސްތިއުނާފީ ފޯމު ބަލައިނުގަނެ، އެ ފޯމުގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަަމަށް ބުނެ އިސްލާހުކުރުމަށް ފަހު އަލުން ހުށަހަޅަން ހައި ކޯޓުން މިދިޔަ މާރިޗް މަހުގެ ނުވަ ވަނަ ދުވަހު އެންގުމުން، ފޯމު އިސްލާހުކުރުމަށް ފަހު ރައީސް ޔާމީންގެ ފަރާތްޕުޅުން އަލުން ހައި ކޯޓަށް ހުށަހެޅީ އެ މަހުގެ 15 ވަނަ ދުވަހުއެވެ.

މި މައްސަލާއިގެ އިސްތިއުނާފް ފުރަތަމަ އަޑު އެހުން ބާއްވާފައި ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހު އެވެ. ނަމަވެސް އެދުވަހު ކުރިޔަށް ގެންގޮސްފައިވަނީ، އެ މައްސަލާގައި ހުކުމް ތަންފީޒުކުރަމުންދާ ޔޫސުފް ނައީމުގެ  އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ޖަވާބު ދިނުމެވެ. އާރަށު މައްސަލައިގައި ޔޫސުފް ނައީމަށް ވަނީ 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމިނުގެ ބައި ކުރިއަށް ގެންދިއުމަށް މި ދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ތާވަލު ކުރި އެވެ.

އެހެން ނަމަވެސް، ދަށު ކޯޓުގައި އޮތް ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހައި ކޯޓުން ވަނީ އެ ދެ ދުވަހުވެސް ކޯޓުގައި ތާވަލު ކުރެވުނު އިސްތިއުނާފީ އަޑުއެހުންތައް ކެންސަލް ކޮށްފައެވެ.

އަނެއްކާ ވެސް ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް މި ވަނީ މާދަމާ މެންދުރު 2:00 އަށް ތާވަލުކޮށްފައެވެ. މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކަށް ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *